logoEN
PNC TOP 3
އެޓަލާންޓާ ކޮޅަށް ބަޔާން މިޔުނިކުން 10 ލަނޑު ޖަހައިފި

އެޓަލާންޓާ ކޮޅަށް ބަޔާން މިޔުނިކުން 10 ލަނޑު ޖަހައިފި

ހަސަން ޝަމްއޫން

logo

3/18/2026, 11:34:05 PM

# ޔުއެފާ ޗެމްޕިއަންސްލީގު# އެޓަލާންޓާ # ބޭރު ދުނިޔޭގެ ކުޅިވަރު# ބަޔާން މިއުނިކް

ބަޔާން މިޔުނިކާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގައި މިރޭ އަމިއްލަ ދަނޑުގައި 4-1 ގެނަތީޖާއަކުން އިޓަލީގެ އެޓަލާންޓާ ބަލިކޮށް ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

PNC MID 2

މިދެޓީމުގެ އެޓަލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ފަސޭހަކަމާއެ 6-1 ގެ ތަފާތުބޮޑުނަތީޖާއަކުން ބަޔާން މިޔުނިކުން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ކުއަޓާގެ ޖާގައް ކަށަވަރުކުރީ 10-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން އެޓަލާންޓާގެ މައްޗަށް ކުރިހޯދުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ހެރީ ކޭން އެވެ.

މެޗުގެ ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ކޭން ބަޔާންގެ ލީޑު ފުޅާކޮށްދިންއިރު، އޭގެ ދެ މިނެޓް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ލެނާރޓް ކާލް އެވެ.

ބަޔާންގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް ކާމިޔާބުކުރިއިރު، އެޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ލަޒާރު ސަމާރޑްޒިކް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން މިޔުނިކުން ނުކުންނާނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ. ރެއާލް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކުރުމަށްފަހު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC