logoEN
PNC TOP 3
އަމިއްލަ ދަނޑުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ލިވަޕޫލުން ފެންވަރު ދައްކާލައިފި

އަމިއްލަ ދަނޑުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ލިވަޕޫލުން ފެންވަރު ދައްކާލައިފި

ހަސަން ޝަމްއޫން

logo

3/18/2026, 11:07:09 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ގަލަތަސަރާއީ # ޔުއެފާ ޗެމްޕިއަންސްލީގު# ލިވަޕޫލް

ލިވަޕޫލް އާއި ގަލަތަސަރާއީ ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ގަލްތަސަރާއީ ބަލިކޮށް ލިވަޕޫލުން އެޓީމުގެ އަސްލު ފެންވަރު ދައްކާލައިފިއެވެ.

PNC MID 2

މިދެޓީމު ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ގަލަތަސަރާއިން ކާމިޔާބުކުރިއިރު، ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 4-1 ގެ އެގްރިގޭޓް ނަތިޖާއަކުން ގަލަތަސަރާއީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑޮމިނިކް ސޮބޮސްޒްލާއި އެވެ. މީގެ އިތުރުން މެޗުގެ ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.

ނަމަވެސް ލިވަޕޫލުގެ ސަލާހް ކުރިއަށް ފޮނުވާލި ޕެނަލްޓީ ގަލަތަސަރާއީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔަބުކޮށްފައެވެ. އެގޮތުން މިމެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ފޯވާޑް ފޯވާޑް ހޫގޯ އެކަޓިކޭ ކާމިޔާބުކުރިއިރު އޭގެ ދެމިނެޓް ފަހުން އެޓީމު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަޔާން ގްރަވެންބާޗް އެވެ.

މީގެ އިިތުރުން މިމެޗުގައި ލިވަޕޫލްގެ ހަތަރުވަަނަ ލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ދެކޮޅަށެވެ. ޕިއެސްޖީ ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި 8-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC