logoEN
PNC TOP 3
ޕްރައިމް ގުދަނުގައި ރޯވުން: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމްކޮށްފި

ޕްރައިމް ގުދަނުގައި ރޯވުން: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމްކޮށްފި

އަހުމަދު ޝުރާއު

logo

3/18/2026, 6:00:12 PM

# ޕްރައިމް ގުދަން އަލިފާން

މާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން

މާލޭގެ ގުދަނެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެގުދަނާއި ކައިރީގައި ހުންނަ ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފި އެވެ.

PNC MID 2

މިކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތީރިޓީއިން ދާދި ދެންމެ އަކު ވަނީ ކަށަވަރުކޮށްދީފައި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރިޕޯޓުކުރަމުންދާ ގޮތުގައި މި ހާދިސާއާއި ގުޅިގެން މިހާތަނަށް 4 ގެއަކުން 18 ފަރާތަކަށް ސޯޝަލް ސެންޓަރުގައި އަންނަނީ އެހީތެރިވަމުންނެވެ.

އެންޑީއެމްއޭގެ އޮފިޝަލަކު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރެ ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ބުނީ މި ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައިގެންވެސް ނުވަތަ ސޯޝަލް ސެންޓަރަށް ގޮސްގެންވެސް އެހީތެރިކަން ހޯދޭނެ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ ..

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC