
ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް
# ޕްރައިމް ގުދަން އަލިފާންމާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މާލޭގައި ހުރި ޕްރައިމް ކުންފުނީގެ ގުދަނެއްގައި ރޯވި އަލިފާންގަނޑުމިހާރު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިންސިޑެންޓު ކޮމާންޑަރު ދާދި ދެންމެ އަކު ވަނީ މިކަން ދައުލަތުގެ މީޑިއާއަށް ކަށަވަރުކޮށްދެއްވާފައި އެވެ.
މި ހާދިސާއާއި ގުޅޭގޮތުން ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިންސިޑެންޓު ކޮމާންޑަރު ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ރިޕޯޓުކޮށްފައިވަނީ އެ ގުދަނުން ދުން އަރަމުންދާކަމަށް ކަމަށާއި ރިޕޯޓުލިބުނުތާ އިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފުރަތަމަ ވެހިކަލް އެސަރަހައްދަށް އެޓެންޑުވި ކަމަށެވެ. އެގޮތުން ފުރަތަމަ ވެހިކަލަށް އެސަރަހައްދަށް އާދެވުނު އިރުވެސް މުޅި ގުދަނުގައި ހުރި އަލިފާން ރޯވެފައި ކަމަށް އޭނާ ބުންޏެވެ.
އަދި މިވަގުތު އެމްއެންޑީއެފްގެ ހުރިހާ ފަޔާ ޓްރަކްތަކެއް އެސަރަހައްދަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް އިންސިޑެންޓު ކޮމާންޑަރު ވަނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވި އިތުރަށް އަލިފާން ގަނޑު ފެތުރިގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.
އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޯވި ގުދަނަކީ ފާޓިލައިޒާގެ ގޮތުގައި ނުވަތަ ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
ގުޅުންހުރި

ޕްރައިމް ގުދަނުގައި ރޯވުން: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމްކޮށްފި

ޕްރައިމް ގުދަނުގައި ރޯވުން: ކައިރީގައި ހުރި 4 ގެއަކުން މީހުން ހުސްކުރި - އެމްއެންޑީއެފް

ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް

.gif&w=3840&q=75)



