
ޕްރައިމް ގުދަނުގައި ރޯވުން: ކައިރީގައި ހުރި 4 ގެއަކުން މީހުން ހުސްކުރި - އެމްއެންޑީއެފް
# ޕްރައިމް ގުދަން އަލިފާންމާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މާލޭގައި ހުރި ޕްރައިމް ކުންފުނީގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރީގައި ހުރި 4 ގެއަކުން މީހުން ހުސްކޮށްފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިންސިޑެންޓު ކޮމާންޑަރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ހާދިސާއާއި ގުޅިގެން 4 ގެޔަކުން މީހުން ހުސްކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދެމުންދާ ކަމަށެވެ.
ނަމަވެސް ގެތަކުން ހުސްކުރި މީހުންގެ އަދަދެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ.
އިންސިޑެންޓު ކޮމާންޑަރު ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާކަން ހާމަކޮށްފައެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ކޮންމެވެސް ވަރަކަށް އެ ގުދަނުގައި އަދިވެސް އަލިފާނުގެ އަސަރު އެބަހުއްްޓެވެ.
އަލިފާން ރޯވެފައިވަނީ މާލެގެ މާފަންނު، ފުލޫނިޔާމަގުގައި ތޮއިބާ މިސްކިތާއި ކައިރީގައި ހުންނަ ގުދަނެއްގައި އެވެ.
އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޯވި ގުދަނަކީ ފާޓިލައިޒާގެ ގޮތުގައި ނުވަތަ ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ.
ގުޅުންހުރި

ޕްރައިމް ގުދަނުގައި ރޯވުން: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމްކޮށްފި

ޕްރައިމް ގުދަނުގައި ރޯވުން: ކައިރީގައި ހުރި 4 ގެއަކުން މީހުން ހުސްކުރި - އެމްއެންޑީއެފް

ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް

.gif&w=3840&q=75)



