logoEN
PNC TOP 3
ޕްރައިމް ގުދަން އަލިފާން: ކައިރީގައި ހުރި އީސީގެ މަރުކަޒުގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ގެއްލުމެއް ނުވޭ!

ޕްރައިމް ގުދަން އަލިފާން: ކައިރީގައި ހުރި އީސީގެ މަރުކަޒުގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ގެއްލުމެއް ނުވޭ!

އަހުމަދު ޝުރާއު

logo

3/18/2026, 5:36:06 PM

# ޕްރައިމް ގުދަން އަލިފާން

މާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން

މިހާރު މާލޭގައި ރޯވެ އަނދަމުންދާ ޕްރައިމް ގޯޑައުންއާއި ޖެހިގެން ހުރި އިލެކްޝަންސް ކޮމިޝަންގެ މަރުކަޒުގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ގެއްލުމެއް ވެފައިނުވާކަމުގެ ޔަގީންކަން އެކޮމިޝަނުން ދީފި އެވެ.

PNC MID 2

އީސީން މީގެ ކުރީން ވަނީ އެކޮމިޝަނުގެ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ، މިވަގުތައް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެކަމަށްވެސް އީސީން ވަނީ ބުނެފައި އެވެ.

އީސީން ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުކޮށްދީފައި އެވެ.

އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަންވެސް ހާމަކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެމްއެންޑީއެފުންވެސް ވަނީ މ.ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދީފައި އެވެ.

އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ރޯވި ގުދަނަކީ ފާޓިލައިޒާގެ ގޮތުގައި ނުވަތަ ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC