
ޕްރައިމް ގުދަނުގައި ރޯވެ އަނދަނީ: އެމްއޭސީއެލްގެ ފަޔާފައިޓަރުންވެސް އެސަރަހައްދަށް!
# ޕްރައިމް ގުދަން އަލިފާންމާލޭގެ ޕްރައިމް ގުދަނުގައި އަލިފާން ރޯވުން :- ފޮޓޯ އަހުމަދު ރީހާން
މާލޭގެ ގުދަނެއްގައި ރޯވެ އަނދަމުންދާ ސަރަހައްދުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމެޓެޑް، އެމްއޭސިއެލްގެ އުޅަނދުތަކާއި ފަޔާފައިޓަރުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެސަރަހަައްދުގައި ތިބި ގާފު ނޫހުގެ ނޫސްވެރިން މައުލޫމާތު ދޭގޮތުގައި އެގުދަނުގައި ރޯވި އަލިފާންގަނޑު ނިންވާލުވުމަށް އެމްއޭސީއެލްގެ ފަޔާޓްރަކަކާއި ފަޔާފައިޓަރުންތަކެއް މިހާރު ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި އެވެ.
އެގޮތުން އެގުދަނަކީ ކެމިކަލް ރައްކާކުރާ ގުދަނެއްކަން މިހާރު ކަށަވަރުވެފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ގިނަ އިރު ވެގެންދަނީ ގުދަނުގައި ހުރި ކެމިކަލްތަކުގައި އަލިފާން ރޯވުމާއި ގުޅިގެންކަން މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފްގެ ފަޔާ ފައިޓަރުންނަށް އެހީވުމަށް އެއާޕޯޓުގެ ފަޔާ ޓްރަކަކާއި ފަޔާފައިޓަރުން އައިސްފައިވަނީ ކެމިކަލާއި ގުޅުންހުރި އަލިފާން ނިއްވުމުގެ އާލާތްތައް މިވަގުތު ހުރީ އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި ކަމުންނެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އަދި އެމްއެންޑީއެފުންވެސް ވަނީ މ.ތޮއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދީފައި އެވެ.
ގުޅުންހުރި

ޕްރައިމް ގުދަނުގައި ރޯވުން: ސޯޝަލް ސެންޓަރު އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމްކޮށްފި

ޕްރައިމް ގުދަނުގައި ރޯވުން: ކައިރީގައި ހުރި 4 ގެއަކުން މީހުން ހުސްކުރި - އެމްއެންޑީއެފް

ޕްރައިމް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް

.gif&w=3840&q=75)



