logoEN
PNC TOP 3
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީންވެސް ތާއީދުކޮށްފި

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީންވެސް ތާއީދުކޮށްފި

އަހުމަދު ޝުރާއު

logo

3/17/2026, 9:08:42 PM

# އަދާލަތު ޕާޓީ

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ އާންމު ވޯޓުގައި އަދާލަތު ޕާޓީގެ ސްޓޭންޑަކީވެސް “ފެންނަކަމަށް” ވޯޓުދިނުން ކަމުގައި ފާސްކޮށްފި އެވެ.

PNC MID 2

އަދާލަތު ޕާޓީން މިރޭ ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމާމެދު، 4 އެޕްރީލް 2026 ގައި ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، “ފެންނަކަމަށް” ވޯޓު ދެއްވުމަށް ތާއީދުކުރުމަށް އެޕާޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ނިންމުން ނިންމާފައިވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

މިރޭ އެޕާޓީން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކީ އެޕާޓީގެ އައު ލީޑަރޝިޕްގެ ދަށުން ބޭއްވި ފުރަތަމަ މަޝްވަރާ މަޖިލީހެވެ. އެގޮތުން މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވީ ފަޟީލްތުއްޝައިޚް މުޙައްމަދު ޝިފާން އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާހާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ވޯޓެއް ނެގުމަށް ވަނީ ނިންމާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC