
ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް މަސައްކަތްކުރި ކަމަށްބުނެ އަދާލަތުން އެކަން ކުށްވެރިކޮށްފި
# އަދާލަތު ޕާޓީއިންތިހާބީ މެމްބަރު އިމްރާން އާއި އަދާލަތުގެ ރައީސް އިމްރާން
އަދާލަތު ޕާޓީގެ ރައީސް ޝަހިހް މުހައްމަދު އިމްރާން ފަޟީޙަތްކުރުމަށް އިންތިހާބީ މެމްބަރު އިމްރާން ލަތީފް މަސައްކަތްކުރި ކަަމަށްބުނެ އެކަން އެޕާޓީއިން ކުށްވެރިކޮށްފި އެވެ.

އަދާލަތުގެ ރަސްމީ އެކްސް އެކުންޓުން ކުރި ޕޯސްޓެއްގައި ބުނީ ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުالله މިއަދު ދަތުރުކުރައްވަމުން ގެންދެވި ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާން އަދި ޕިކަޕް ދުއްވި ޑްރައިވަރ މަޑުކުރައްވައިގެން ތިއްބަވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ހާޒިރުވެ, ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް, ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އެޕާޓީއިން ކުށްވެރިކުރާ ކަމަށެވެ.
އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަން ކަމަށް އަދާލަތުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިންވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށްވެސް އަދާލަތުން ވަނީ ބުނެފައި އެވެ.
މިއަދު މާލޭގައި ހިނގި ކަމަށް ބެލެވޭ މި އެކްސިޑެންޓުގައި އިމްރާން ދުއްވަން އިންނެވި ކާރުގައި ޖެހުނީ ފަހަތުން އައި ޕިކަޕަކުންނެވެ. މި އެކްސިޑެންޓުގެ ފޮޓޯތަކެއް މީސްމީޑިއާގައި ދަުރުވަމުން އަންނަ އިރު އިންތިހާބީ މެމްބަރު އިމްރާން ލަތީފް އެކްސިޑެންޓުވި ޕިކަޕު ދުއްވަން އިން މީހާއަށް މާފުކޮށްދިނުމަށާއި އެމީހާއަކީ ނިކަމެތި މީހެއް ކަމަށާއި ލިބުނު ގެއްލުމަށް އަމިއްލަ ޖީބުން ހަރަދުކޮށްދެއްވާނެ ކަމަށް އިންތިހާބީ މެމްބަރު އިމްރާން ލަތީފް ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާންގެ ކިބައިން އެދޭ ވީޑިއޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ.
ގުޅުންހުރި

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީންވެސް ތާއީދުކޮށްފި

ރައީސް މުޢިއްޒު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން އަދާލަތުން ގޮވާލައިފި

ކެބިނެޓް ދޫކުރައްވާ އަދާލަތުގެ ލީޑަރޝިޕަށް ޝަހީމް ވާދަކުރާ ނަމަ އުފަލާއެކު މަރުހަބާ ދަންނަވާނަން - އިމްރާން

.gif&w=3840&q=75)



