logoEN
PNC TOP 3
ރައީސް މުޢިއްޒު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން އަދާލަތުން ގޮވާލައިފި

ރައީސް މުޢިއްޒު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން އަދާލަތުން ގޮވާލައިފި

އަހުމަދު ޝުރާއު

logo

5/5/2025, 1:32:38 PM

# އަދާލަތު ޕާޓީ

--

ރައީސް ޑރ މުހައްމަދު ރައީސް މުޢިއްޒު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

PNC MID 2

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

އަދި ސުޕުރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ އަޒްމިރާދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި އަދި އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް އަދާލަތުން ވަނީ ތުހުމަތުކޮށްފައި އެވެ. އަދި ހަމައެހެންމެ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށްވެސް ވަނީ ބުނެފައި އެވެ.

ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސިޔާސީ ބެއިނުމަށް މަގުފަހިވާގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެއް ކަމަށާއި އަދި މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދާކަމަށް އަދާލަތުގެ ނޫސްބަޔާނުގައި ވަނީ ބުނެފައި އެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނީ މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީ ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC