logoEN
PNC TOP 3
ކެބިނެޓް ދޫކުރައްވާ އަދާލަތުގެ ލީޑަރޝިޕަށް ޝަހީމް ވާދަކުރާ ނަމަ އުފަލާއެކު މަރުހަބާ ދަންނަވާނަން  - އިމްރާން

ކެބިނެޓް ދޫކުރައްވާ އަދާލަތުގެ ލީޑަރޝިޕަށް ޝަހީމް ވާދަކުރާ ނަމަ އުފަލާއެކު މަރުހަބާ ދަންނަވާނަން - އިމްރާން

އަހުމަދު ޝުރާއު

logo

4/30/2025, 2:45:46 PM

# އަދާލަތު ޕާޓީ

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓް ދޫކުރައްވުމަށްފަހު އަދާލަތުގެ ލީޑަރޝިޕަށް ވާދަކުރައްވާ ނަމަ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއަށް މަރުހަބާ ދަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ މިހާރު ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

PNC MID 2

އިމްރާން މިފަދައިން ވިދާޅުވީ ޝަހީމް އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގެން ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން އިއުލާނުކުރެއްވުމާއި އެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން އިމްރާންގެ ޕޯސްޓުގައި ވިދާޅުވީ ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ޤައުމު ވެއްޓިފައި މިއޮތް ޙާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ޝަހީމް ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ.

އަދި އެ ޕޯސްޓު ކުރެއްވުމުގެ ކުރީން އިމްރާން ވަނީ ޝަހީމް އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވައި ކުރެއްވި ޕޯސްޓު ރިޓުވީޓު ކުރައްވާފައި އެވެ.

ޝަހީމް އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވި އިރު އެޕާޓީއަކީ މިހާރު ވެރިކަން ކުރާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރާއި ކޯލިޝަން ހަދާފައިވާ ޕާޓީއެއް ނޫނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ ކޯލިޝަން ހަދާފައިވަނީ އެމްޑީޕީއާއިއެކުގައި އެވެ. 2018 ވަނަ އަހަރުވެސް އެމްޑީޕީއާއި އެކު ހެދި ކޯލިޝަނާއި އެކު އެޕާޓީގެ މިހާރުގެ ރައީސް އިމްރާން ހުންނެވީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުވެސް ހޯމް މިނިސްޓަރުގެ މަގާމުގައި އެވެ.

ޝަހީމްގެ ސިޔާސީ ހަޔާތް ފެއްޓެވީ އަދާލަތު ޕާޓީއިންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރުކަން ޝަހީމް އެންމެ ފުރަތަމަ އަދާކުރެއްވީ އަދާލަތު ޕާޓީގެ ކޯލިޝަނެއްގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ވެރިކަމުގައި އެވެ. އޭގެ ފަހުން ޝަހީމް ޕީޕީއެމްއާއި ގުޅިވަޑައިގެން 2018 ވަނަ އަހަރު ޝަހީމް ވަނީ އޭރުގެ ޕީޕީއެމްގެ ކެނޑިޑޭޓު ރައީސް ޔާމީންގެ ރަނިންގ މޭޓުކަންވެސް ކުރައްވާފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC