
ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްގެން އެ މަސައްކަތް ވަނީ ފަށާފަ: މުއްތަލިބު
# ޕާކު# ހައުސިންގ މިނިސްޓްރީ# ޢާޒީ ބިލްޑިންގފޮޓޯ: ހައުސިން މިނިސްޓްރީ
ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްގެން މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ތަރައްޤީ ކުރުމަށް ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރު ފަށާފަވާއިރު މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.
މި މަސައްކަތާ ގުޅޭގޮތުން ހައުސިން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ޙަވާލުކޮށްގެން މިހާރު ވަނީ ފަށާފައިވާ ކަމަށެވެ.
މި ޕޯސްޓާއެކު މިނިސްޓަރު ވަނީ އެ ފާކުގެ މަސައްކަތުގެ ކުރެހުމެއްވެސް ހިއްސާކުރައްވާފައެވެ.ޣާޒީ ބިލްޑިންގއަކީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވައި ބޭނުންކުރަން ފެށި ޢިމާރާތެކެވެ.
ގުޅުންހުރި

ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން 2 ދުވަހުގެ ޕްރޮގްރާމެއް ފަށައިފި

މިނިސްޓަރ މުއްޠަލިބް މާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ބިންވެރިޔާ ޚާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 10 މޭގައި ހުޅުވާލަނީ




