logoEN
WAMCO TOP 1
ބިންވެރިޔާ ޚާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 10 މޭގައި ހުޅުވާލަނީ

ބިންވެރިޔާ ޚާއްސަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 10 މޭގައި ހުޅުވާލަނީ

އަހުމަދު ޝުރާއު

logo

4/30/2026, 4:21:39 AM

# ހައުސިންގ މިނިސްޓްރީ

-

"ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ 10 ވަނަ ދުވަހު ހުޅުވާލަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ނިންމައިފިއެވެ.

THE TRAVELLER AD

"ބިންވެރިޔާ" ޚާއްޞަ ސްކީމްގެ ކެޓަގަރީ 3 ގެ ދަށުން ޕްރޮގުރާމު ހިންގުމަށްޓަކައި އުސޫލު ނަންބަރު: 13-ޖީ/2026 (އުސޫލު ނަންބަރު 4-ޖީ/2026، "ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލު) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަވަނީ 29 އެޕްރީލް 2026 ގައެވެ.

މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 31 މޭ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

މި އުސޫލުގެ ކެޓަގަރީ 3 ގެ ދަށުން އުސޫލު ނަންބަރު 19-ޖީ/2022 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC