logoEN
PNC TOP 3
މަޑުއްވަރީ އައު ކައުންސިލު އިމާރާތުގެ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފް ބައްލަވައިލައްވައިފި

މަޑުއްވަރީ އައު ކައުންސިލު އިމާރާތުގެ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފް ބައްލަވައިލައްވައިފި

އަހުމަދު ޝުރާއު

logo

3/16/2026, 5:01:20 PM

# އާދަމް ޝަރީފް އުމަރު

-

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން ރ. އަތޮޅު މަޑުއްވަރީ ގައި އިމާރާތް ކުރާ ކައުންސިލު އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައްލަވައިލައްވައިފިއެވެ.

PNC MID 2

މަޑުއްވަރީ ކައުންސިލު އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް މިނިސްޓަރ ބައްލަވައިލެއްވީ އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ޢިމާރާތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

ކައުންސިލް އިދާރާގެ މަސައްކަތްތައް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

އަލަށް ޢިމާރާތް ކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ.

އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރުމަށް ހަމަޖެހިފައި ވަނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC