ސިޔާސީ ގޮތުން ވިސްނައިފިނަމަ ޕީއެންސީއަށްވުރެ ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު-
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށްވުރެ ވަކި ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް ކަމަށާއި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެމަނިކުފާނާއެކު މަސައްކަތް ކުރާނެ ރަނގަޅު ލޯކަލް ކައުންސިލެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މިގޮތުން ސަރުކާރުން ވަރަށް މުހިންމު އަސާސީ ކަންތައްތައް އިއުލާނުކޮށްފައިވާ ކަމަށާއި އެކަންތަކަކީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަންތައްތަކަށް ވާއިރު އެކަންކަން ކުރިއަށް ގެންދިއުމަށް ތަންފީޒުކުރުމަށްޓަކައި ރަނގަޅު ހަރުދަނާ ބަޔަކު ކައުންސިލުގައި ތިބުން ލާޒިމުވާކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ވަނީ މާލޭގެ ބަނދަރު މައްޗަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަންވެސް ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ސަރަހައްދުގެ ރީތިކަމާއި، ސާފުތާހިރުކަމާއި އަދި އުޅަނދު ޕާކު ކުރުން ފަދަ ކަންކަން އިންތިޒާމު ކުރެވޭނީ، ކައުންސިލުން ރަނގަޅަށް ޒިންމާ އަދާކޮށްގެން ކަމަށެވެ. މާލޭގެ ކައުންސިލްގެ ތިއްބަވާ މެންބަރުންނަކީ، ސަރުކާރުގެ ތަސައްވުރު ގަބޫލުކުރާ ބަޔަކަށްވާންޖެހޭ ކަމަށާއި މިފަހަރުގެ އިންތިހާބަކީ ޕީއެންސީއަށް ހާއްސަ އިންތިހާބަކަށް ހަދަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ޕީއެންސީގެ ފަރާތުން ނިކުމެ ތިއްބެވި ކޮންމެ ބޭފުޅަކަށް ވޯޓު ދެއްވުމަކީ މިއަދު އަޅުގަނޑުމެންނަށް ގައުމީ ގޮތުން ވިސްނައިފިނަމަ ގައުމީ ވާޖިބެއް. ސިޔާސީ ގޮތުން ވިސްނައިފިނަމަ މިއަށްވުރެ ވަކި ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި މި ޖަގަހަ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އެ ދާއިރާއަށް ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރޭގެ ޖަލްސާގައި ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު އަދި ޑަބްލިއުޑީސީގެ ރައީސާއަކަށް ވާދަކުރައްވާ އަލައިކާގެ އިތުރުން ކައުންސިލާއި ޑަބްލިއުޑީސީއަށް ވާދަކުރައްވާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.
ގުޅުންހުރި
ސިޔާސީ ގޮތުން ވިސްނައިފިނަމަ ޕީއެންސީއަށްވުރެ ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް - އާދަމް ޝަރީފް

ރޯދަ މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރައްވާ - އާދަމް ޝަރީފް

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން - އާދަމް ޝަރީފް
-1770016002726.webp&w=3840&q=75)
.gif&w=3840&q=75)



