
މެދުއިރުމަތީގެ ހަނގުރާމަ: ހޯމުޒް ކަނޑުއޮޅި ހުޅުވަން އިނގިރޭސިވިލާތުން އެމެރިކާއަށް އެހީވާން ނިންމައިފި
# އިރާންމިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިރާނުގެ ބާރުގެ ދަށުގައި އޮތް ދުނިޔޭގެ އެންމެ މުހިންމު ޓްރޭޑް ރޫޓް، ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވައި ދުނިޔޭގެ ވިޔަފާރީގައި އެމަގު އަލުން އިޔާދަ ކުރުމަށް އިނގިރޭސިވިލާތުން އެމެރިކާއަށް އެހީވާން ނިންމައިފި އެވެ.

ހޯމުޒް ކަނޑުއޮޅިއަކީ ގަލްފް ކަނޑާއި އޮމާން ކަނޑު އަދި ޢަރަބި ކަނޑު ގުޅައިދޭ، ގިނަ އަދަދެއްގެ މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ވަކީން ޚާއްސަކޮށް މި ކަނޑުއޮޅިއަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދޭން މެދުއިރުމަތީން ބޭނުންކުރާ މައި ކަނޑުއޮޅިއެވެ.
ނަމަވެސް އިރާނަށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން އިރާނުން ވަނީ މި ކަނޑުއޮޅި އިރާނުން ނުރުހޭ އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައި އެވެ. އަދި ބައެއް ބޯޓުތަކަށް އިރާނުން ވަނީ ހަމަލާވެސް ދީފައި އެވެ.
މިކަމާއި ގުޅިގެން މިއަދު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސަރ ކޭއާ ސްޓާމަރ ވިދާޅުވީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން އަލުން ހޯދުމަށް "ވިއޭބަލް ކަލެކްޓިވް ޕްލޭނެއް" އެކުލަވާލުމަށް އިނގިރޭސިވިލާތުން އެކުވެރި ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ކަނޑުއޮޅި ބަންދުވުމުގެ އަސަރު ވަރަށް ބޮޑަށް އިނގިރޭސިވިލާތަށާއި އެކުވެރި ގައުމުތަކަށް ކުރަމުންދާކަން ސްޓާމަރ ފާހަގަކުރެއްވި އެވެ،.
"މާކެޓުގައި ހަމަޖެހުން ގާއިމް ކުރުމަށް ސްޓްރެއިޓް އޮފް ހޯމުޒް އަލުން ހުޅުވާލަން ޖެހޭ" ސްޓާމަރ ވިދާޅުވިއެވެ.
ސްޓާމަރ އިތުތަށް ވިދާޅުވީ ވީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން އަލުން ހޯދުމަށް "ވިއޭބަލް ކަލެކްޓިވް ޕްލޭނެއް" އެކުލަވާލުމަށްޓަކައި އެންމެ ބޮޑެތި މަޝްވަރާތަކެއް ކުރެވެމުންދަނީ ޔޫރަޕުގެ ގައުމުތަކާއިއެކުގައި ކަމަށެވެ.
ސްޓާމަރ މިފަދައިން ހާމަކުރި އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ހޯމުޒް ކަނޑުއޮޅިން އެމެރިކާއަށް ލިބޭ ފައިދާއެއް ނެތް ކަމަށާއި އެކަނޑުއޮޅު ހުޅުވުމަށް މަސައްކަތްކުރަން ޖެހޭނީ އެތަނުން ފައިދާ ވާ ބަޔަކު ކަމަށް ބުނެފައި އެވެ.
ގުޅުންހުރި

ބޮޑެތި ކަންކަމުގައި އެމެރިކާއިން އެހީވި ގައުމުތަކުން މިއަދު އެމެރިކާއަށް އެހީވާން ފަސްޖެހިއްޖެ- ޓްރަމްޕު

އެމެރިކާއާއި ގުޅުންހުރި ކާރުޚާނާތަކަށް ހަމަލާދޭން ތައްޔާރުވެއްޖެ: އާންމުންނާއި މަސައްކަތްތެރިން ހުސްކުރަން އިރާނުގެ އިންޒާރު!

އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދިން އިރު އިސްލާމީ ގައުމުތަކުން ތިބީ ހަނު، އިސްލާމީ ގައުމުތަކުގެ ސްޓޭންޑު އެނގެން ބޭނުން - އިރާން

.gif&w=3840&q=75)



