
އެމެރިކާއާއި ގުޅުންހުރި ކާރުޚާނާތަކަށް ހަމަލާދޭން ތައްޔާރުވެއްޖެ: އާންމުންނާއި މަސައްކަތްތެރިން ހުސްކުރަން އިރާނުގެ އިންޒާރު!
# އިރާންމެދުއިރުމަތީގައި ހުރި އެމެރިކާއާއި ގުޅުންހުރި ކާރުޚާނާތަކަށް ހަމަލާދޭން ނިންމައި އެކަން އިރާނުގެ ރެވެލިއުޝަނަރީ ގާޑްސްއިން އިއުލާނުކޮށްފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން މިއަދު އެމެރިކާއަށް އިލްތިމާސްކޮށް ނެރުނު ކުއްލި އިއުލާނެއްގައި ބުނީ މެދުއިރުމަތީގައި ހުރި އެމެރިކާއާ ގުޅިފައިވާ ސިނާއީ ފެސިލިޓީތަކަށް ހަމަލާދޭން ތައްޔާރުވެފައިވާ ކަމަށެވެ.
އީރާނުގެ ސެމީ އޮފިޝަލް ފާރސް ނިއުސް އެޖެންސީއިންވެސް ވަނީ ކުރިއަށް އޮތް ގަޑިތަކުގައި އެމެރިކާއާ ގުޅިފައިވާ ސިނާއީ ފެސިލިޓީތަށް އިރާނުގެ އައިއާރްޖީސީގެ ވަރުގަދަ ހަމަލާތަކުގެ އަމާޒުތަކަކަށް ވެދާނެ ކަމަށެވެ.
އަދި އެފަދަ ސިނާއީ ތަންތަނުގެ ކައިރީގައި ތިބި އާންމުންނާއި މަސައްކަތްތެރިންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ވަށައިގެންވާ ސަރަހައްދުތަކުން ނުކުތުމަށް އިންޒާރު ދީފައިވެ އެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




