
ބޮޑެތި ކަންކަމުގައި އެމެރިކާއިން އެހީވި ގައުމުތަކުން މިއަދު އެމެރިކާއަށް އެހީވާން ފަސްޖެހިއްޖެ- ޓްރަމްޕު
# އިރާންހޯމުޒް ކަނޑުއޮޅި ރައްކާތެރިކުރަން ދުނިޔޭގެ ގައުމުތަކުގެ އެހީ އެމެރިކާއަށް ބޭނުންވާ ކަމަށާއި ނަމަވެސް އެހީވާން ބައެއް ގައުމުތަކުން ފަސްޖެހެމުންދާކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނުރުހިއްޖެ އެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕު ވަނީ ހޯމުޒް ކަނޑުއޮޅި ރައްކާތެރިކުރަން އެހެން ގައުމުތަކުގެ އެހީއަށް އެދިފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން އެމެރިކާއާއި ގާތް ގުޅުންތައް އޮންނަ ގައުމުތައްވެސް އޭގެ ތެރޭގައި ހިމެނޭކަމަށާއި ނަމަވެސް މަދު ގައުމުތަކަކުން ނޫނީ އެކަމަށް އިޖާބަ ނުދޭކަމަށް ޓްރަމްޕު ބުންޏެވެ.
ބޮޑެތި ކަންކަމުގައިވެސް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުންވެސް މިކަމުގައި އެމެރިކާއަށް އެހީވުމަށް ފަސްޖެހިފައިވާކަން ފާހަގަކޮށް ޓްރަމްޕު ބުނީ އެގައުމުތަކުންވެސް ބޭނުންވަނީ ހަނގަރުމައިގެ ތެރެއަށް ނުވަނުމަށް ކަމަށެވެ.
ހޯމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން އެމެރިކާގައި ހުރި ނަމަވެސް މަޝްރަހު އޮތް ގޮތުން އެމެރިކާއަށްވެސް އެހީ ފޯރުކޮށްދޭނެ ގައުމުތަކެއް ތިބުން މުހިންމު ކަމަށް ޓްރަމްޕު ބުންޏެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




