
އެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދިން އިރު އިސްލާމީ ގައުމުތަކުން ތިބީ ހަނު، އިސްލާމީ ގައުމުތަކުގެ ސްޓޭންޑު އެނގެން ބޭނުން - އިރާން
# އިރާންއެމެރިކާއާއި އިޒްރޭލުން އިރާނަށް ހަމަލާދިން އިރު އިސްލާމީ ގައުމުތަކުން ތިބީ ހަނުކަމަށާއި އެގައުމުތަކުގެ ތާއީދު އޮތީ ކޮންބަޔަކަށްކަން ފާޅުގައި ހާމަކުރަން ޖެހޭ ކަމަށް އީރާނުގެ ސަލާމަތީ ކައުންސިލްގެ ވެރިޔާ އަލީ ލާރިޖާނީ ވިދާޅުވެއްޖެއެވެ.

މިއަދު ދެއްވި ޚާއްސަ ބަޔާނެއްގައި ލާރިޖާނީ ވަނީ އީރާނަށް ހަމަލާއެއް އައުމުން މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ތާއީދުވެސް އަދި އެއަމަލު ކުށްވެރިކޮށްލާނެ ވަރުގެ ހިތްވަރެއްވެސް އެގައުމުތަކުގައި ނެތް ކަމަށް ސިފަކުރެއްވައި އެކަމާއި މެދު މާޔޫސްކަން ފާޅުކުރައްވާފަ އެވެ. އަދި މި ހަނގުރާމާގައި އިރާނު އޮތީ އެކަނިކަމަށާއި އެހެނަސް ދުޝްވަނުންގެ ކުރިމަތީގައި އިރާނުން "ކުޑަކަކޫ" ނުޖަހާނެ ކަމުގައި ލާރިޖާނީ ހާމަކުރެއްވި އެވެ.
"ބައެއް ގައުމުތަކުން އީރާނަކީ އެމީހުންގެ ދުޝްމަނެއް ކަމަށް އިއުލާންކޮށްފައި ވަނީ ހަމައެކަނި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށްގެން ދިފާއުގައި އިރާނުން ހަމަލާދޭން ފެށުމުން،" ލާރިޖާނީ ވިދާޅުވި އެވެ.
ލާރިޖާނީ އިތުރާށް ވިދާޅުވީ އެމެރިކާގެ މަރުކަޒުތައް އަވަށްޓެރި ގައުމުތަކުގައި ހުންނައިރު އީރާނަށް "އަތް ބަނދެވިގެން އެއްވެސް ރައްދު ހަމަލާއެއް ނުދީ ތިބޭނެ ކަމަށް އުންމީދު ނުކުރެވޭނެ" ކަމަށެވެ.
"މިއަދު ކުރިމަތިލާން ޖެހެނީ، ހަގީގަތުގައި އެއްފަރާތުން އެމެރިކާ އާއި އިސްރާއީލާއި، އަނެއް ފަރާތުން މުސްލިމް އީރާނާއި ދެކޮޅުވެރިކަމުގެ ބާރުތަކާ. ދެން ތިޔަ ތިބި ގައުމުތައް ތިބީ ކޮން ފަޅިއެއްގަތޯ؟" ލާރިޖިނީ ވިދާޅުވިއެވެ.
މުސްލިމުންގެ އެއްބައިވަންތަކަމަށް ލާރިޖާނީ ގޮވާލައްވައި، އީރާނުން އެ ސަރަހައްދުގެ މައްޗަށް "ވެރިކަން" ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ދެމުންދާ ހަމަލާތަކަކީ އިރާނުގެ އިސްތިގްލާލު ދެމެހެއްޓުމަށް ދެމުންދާ ހަމަލާތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެމެރިކާގައި ވަފާތެރިކަމެއް ނެތްކަން ފުރިހަމައަށް އެނގޭ، އަދި އިސްރާއީލަކީ، ހަގީގަތުގައި ތިޔަބޭފުޅުންގެ ދުޝްމަނެއް،" ލާރިޖިނީގެ ބަޔާން ނިންމަވާލައްވަމުން މުސްލިމު އުންމަތަށް ހަނދުމަފުޅުކޮށްދެއްވި އެވެ.
ގުޅުންހުރި

އިޒްރޭލުން އެއްބަސްވުމާއި ހިލާފުވަމުންދާތީ ހޯމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން ބަންދުކޮށްފި - އިރާނު މީޑިއާތައް

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ނުކުރާނަން - އިރާން

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެމެރިކާއިން އިރާނަށް ހަމަލާދިނުން ހުއްޓާލައިފި




