logoEN
PNC TOP 3
ހޯމުޒް ކަނޑުއޮޅިން އެމެރިކާއަށް ވާ ފައިދާއެއް ނެތް،  އެކަނޑުއޮޅި ބަލަހައްޓަން ނުކުންނަންވީ އެތަނުން ފައިދާ ވާ ގައުމުތައް - ޓްރަމްޕު

ހޯމުޒް ކަނޑުއޮޅިން އެމެރިކާއަށް ވާ ފައިދާއެއް ނެތް، އެކަނޑުއޮޅި ބަލަހައްޓަން ނުކުންނަންވީ އެތަނުން ފައިދާ ވާ ގައުމުތައް - ޓްރަމްޕު

އަހުމަދު ޝުރާއު

logo

3/15/2026, 10:22:40 PM

# އިރާން

ހޯމުޒް ކަނޑުއޮޅިއަކީ އެމެރިކާއަށް މުހިންމު ތަނެއް ނޫން ކަމަށާއި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެކަނޑުއޮޅިން ފައިދާ ވާ ގައުމުތައް ވަންނަން ވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފި އެވެ.

PNC MID 2

ޔަހޫދީ އިޒްރޭލުގެ މީޑިއާއަކަށް މިރޭ ދިން އިންޓަވިއުއެއްގައި ޓްރަމްޕު ވަނީ ހޯމުޒް ކަނޑުއޮޅިން އެމެރިކާއަށް ވާ އެއްވެސް ފައިދާއެއް ނެތް ކަމަށާއި މި ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމަގުން ތެޔޮ އިމްޕޯޓުކުރާ ގައުމުތައް ނުކުންނަން ވެއްޖެ ކަމަށް ބުނެފައި އެވެ. އަދި އެގައުމުތަކަށް ބޭނުންވާ އެހީ އެމެރިކާއިން ދޭން ތައްޔާރަށް ތިބި ކަމަށްވެސް ޓްރަމްޕު ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕު މިފަދައިން ބުނިއިރު، އެމެރިކާގެ ހަކަތައާއި ގުޅޭ ކުންފުނިތަކުން އަންނަނީ އިރާނަށް އެމެރިކާއިން ދިން ހަމަލާއާއި ގުޅިގެން މުޅި ދުނިޔެއަށް ތެޔޮ ލިބުން ދަތިވެ އެކަމުގެ ބުރަ އެމެރިކާއިން އުފުލަން ޖެހޭ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން މިދިޔަ މަހު 28 ވަނަ އިރާނާއި ދެކޮޅަށް ފެށި ހަނގުރާމައާއި ގުޅިގެން އިރާނުން ވަނީ ހޯމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ނަމަވެސް އިރާނާއިއެކު ގުޅުން ރަނގަޅު ގައުމުތަކަށް އެކަނޑުއޮޅިން މުދަލާއި ތެޔޮ ބޭރުކުރުމަށް އިރާނުން މިހާރު އަންނަނީ މަދުމަދުން ހުއްދަ ދެމުންނެވެ.

އިރާނުގެ އައިއާރްޖީސީން ވަނީ ހަނގުރާމަ ފެށުމާއިއެކު ހޯމުޒް ކަނޑުއޮޅި އެއްވެސް ގައުމަކުން ބޭނުން ނުކުރެވޭނެ ކަމަށާއި އިރާނުގެ ރުހުން ނެތި އެކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ ބޯޓުތަކާއި ޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައި އެވެ. އަދި މި އިންޒާރަށް ބޯނުލެނބި ބައެއް އުޅަނދުތަކަށް ހަމަލާދީ ފައްތާލައިފައިވެސް ވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC