logoEN
PNC TOP 3
އިރާނުން ދުބާއީއާއި ދޯހާއަށް ވަރުގަދަ ހަމަލާދޭން ތައްޔާރުވެއްޖެ: ބައެއް ސަރަހައްދުތައް ވީ އެންމެ އަވަހަކަށް ހުސްކުރަން އައިއާރްޖީސީގެ އިންޒާރު!

އިރާނުން ދުބާއީއާއި ދޯހާއަށް ވަރުގަދަ ހަމަލާދޭން ތައްޔާރުވެއްޖެ: ބައެއް ސަރަހައްދުތައް ވީ އެންމެ އަވަހަކަށް ހުސްކުރަން އައިއާރްޖީސީގެ އިންޒާރު!

އަހުމަދު ޝުރާއު

logo

3/15/2026, 9:51:52 PM

# އިރާން

އިރާނުން ޔޫއޭއީގެ ދުބާއީ އާއި ގަތަރުގެ ދޯހާގެ ސަރަހައްދުތަކަކަށް ހަމަލާތަކެއް ދޭން ތައްޔާރުވެއްޖެ އެވެ.

PNC MID 2

އިރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ދާދި ދެންމެ އަކު ވަނީ ދުބާއީ އާއި ދޯހާގެ ވަކި ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ މުވައްޒަފުން ފޮރުވިގެން ތިބި ކަމަށާއި އެތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ނިންމާފައިވާކަން އައިއާރްޖީސީން އިއުލާނުކޮށްފައިވާކަން ރިޕޯޓުކޮށްފައެވެ.

އެގޮތުން އައިއާރްޖީސީން ވަނީ ކުރިއަށް އޮތް ގަޑިތަކުގައި އީރާނުން އެ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ނިންމާފައިވާކަންވެސް އިއުލާނުކޮށްފައެވެ.

މިއާއިއެކު އެސަރަހައްދުތަކުގައި ތިބި އާންމު ރައްޔިތުން ވީ އެންމެ އަވަހަކަށް ހިމާޔާތް ހޯދުމަށްވެސް އައިއާރްޖީސީން ވަނީ އިލްތިމާސްކޮށްފައެވެ.

View post on Twitter

މިގޮތުން ހަމަލާދޭނެ ކަމުގެ އައިއާރްޖީސީން ދިން ގަތަރުގެ ބައެއް ސަރަހައްދުތަކަކީ ދޯހާގެ ލުސެއިލް ސަރަހައްދާއި އައިން ޚާލިދް ސަރަހައްދާއި އަލްވާބް ސަރަހައްދެވެ.

އިތުރު ތަފްސީލް އަންނަނީ ..

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC