
އިރާނުގެ އައު ސުޕްރީމް ލީޑަރު މުޖޮތަބާ ޚާމަނާއީ ދުނިޔޭގައި ހުރި ކަމާއި މެދު ޝައްކު - ޓްރަމްޕު
# އިރާންއިރާނުގެ އައު ސުޕްރީމް ލީޑަރު މުޖޮތަބާ ޚާމަނާއީ އަވަހާރަވެފައިވާކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނެފި އެވެ.

ޓްރަމްޕު މިފަދައިން ބުނީ އެމެރިކާގެ އެންބީސީ ނިއުސްއަށް މިރޭ ދިން ޚާއްސަ އިންޓަވިއުއެއްގައި އެވެ.
އެގޮތުން ޓްރަމްޕު ބުނީ މުޖޮތަބާ ޚާމަނާއީ ދުނިޔޭގައި ހުރިކަމާއި މެދު ޝައްކު ކަމަށާއި ސުޕްރީމް ލީޑަރަކަށް އައްޔަނުކުރި ފަހުން އަދި މިހާތަނަށް މުޖޮތަބާ އެއްވެސް ވަރަކަށް ފެނިފައި ނުވާކަމަށެވެ. އަދި އިރާނުންވެސް އެކަން ފޮރުވަމުންދާކަން ޓްރަމްޕު ފާހަގަކުރި އެވެ.
އެގޮތުން މުޖޮތަބާ އަވަހާރަވެފައިވާކަމުގެ މައުލޫމާތު އެކި މަސްދަރުތަކުން ލިބެމުންދާ ކަމަށާއި ނަމަވެސް އޭނާ ދުނިޔޭގައި ހުރި ނަމަ ކުރުން އެންމެ ބުއްދިވެރި ކަމަކީ އަމާންދިނުމަށްފަހު އެމެރިކާ ސިފައިންނާއި އަމިއްލައަށް ހަވާލުވުން ކަމަށްވެސް ޓްރަމްޕު ވަނީ ބުނެފައި އެވެ.
މުޖޮތަބާ ޚާމަނާއީ އަވަހާރަވިކަން ސީދާ ކަށަވަރުވެފައިނުވަނީ އެކި މަސްދަރުތަކުން އޭނާ ދުނިޔޭގައި ހުރިކަމުގެ މައުލޫމާތު ވެސް ލިބެމުންދާތީ ކަމަށާއި ނަމަވެސް ޔަގީނުންވެސް އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނު ކަން ކަށަވަރުވާކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.
ޓްރަމްޕު މިފަދައިން ހާމަކުރި އިރު މިއަދު އެމެރިކާގެ ދިފާއީ ވަޒީރުވެސް ވަނީ މުޖޮތަބާ ޚާމަނާއީ އަވަހާރަވެފައިވުން ނުވަތަ ވަރަށް ބޮޑަށް ޒަހަމްވެފައިވާކަމުގެ މައުލޫމާތުތަކެއް އެމެރިކާގެ އިންޓެލިޖެންސަށް ލިބެމުންދާކަން ހާމަކޮށްފައެވެ.
ގުޅުންހުރި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި މާދަމާ ސޮއެއް ނުކުރާނެ - އިރާން




