logoEN
PNC TOP 3
އިރާނަށް ހަމަލާދޭން ސްވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާއިން އެދުމުން އެކަމަށް ސްވިސް ސަރުކާރުން ދެކޮޅު ހަދައިފި

އިރާނަށް ހަމަލާދޭން ސްވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާއިން އެދުމުން އެކަމަށް ސްވިސް ސަރުކާރުން ދެކޮޅު ހަދައިފި

އަހުމަދު ޝުރާއު

logo

3/14/2026, 11:09:55 PM

# އިރާން

އިރާނަށް ހަމަލާދޭން ސްވިޒަލޭންޑުގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެމެރިކާއިން އެދުމުން އެކަމަށް އެގައުމުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

PNC MID 2

މެދުއިރުމަތީގައި އެމެރިކާއިން ހިންގަމުންދާކަމަށް ބުނާ " އޮޕަރޭޝަން " ގެ ތެރެއިން އެމެރިކާއިން އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރަން ދެފަހަރެއްގެ މަތިން އެދުމުންވެސް އެކަމަށް ދެކޮޅު ހަދާފައިވާކަން ހާމަކުރީ ސްވިޒަލޭންޑު ސަރުކާރުން ނެރުނު ޚާއްސަ ބަޔާނެއްގައި އެވެ.

މި ހުއްދަ ދޭން ދެކޮޅު ހެދި ސަބަބެއްގެ ގޮތުގައި ސްވިޒަލޭންޑުން ބުނަނީ ހަނގުރާމައާއި ގުޅުންހުރި އަސްކަރީ މަގުސަދެއް ހާސިލްކުރުމުގެ ފުރުސަތު ދޭން އެގައުމުގެ ގާނޫނުވެސް މަނާކުރާ ކަމަށެވެ.

ނަމަވެސް ސްވިސް ސަރުކާރުން ބުނާ ގޮތުގައި ދާދި ފަހުން އެގައުމުން ވަނީ މެއިންޓެނެންސްގެ މަސައްކަތަކަށް އެމެރިކާގެ ތިން ފްލައިޓަކަށް އެގައުމުގެ ވައިގެ ސަރަހައްދާއި އެއާބޭސް ބޭނުންކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށާއި އެއީ ހަނގުރާމައާއި ގުޅުންހުރި މަސައްކަތްތަކެއް ނޫންކަން ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

ސްވިސް ސަރުކާރުން މިކަމަށް ދެކޮޅު ހެދި އިރު އިރާނުން ވަނީ އެގައުމަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަދޭ ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައި އެވެ. އެގޮތުން ހަމަލާތައް ދިނުމަށް އެމެރިކާއިން ބޭނުންކުރަމުންދާ މެދުއިރުމަތީގެ ބޭސްތައް ހުންނަ ގައުމުތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް އަންނަނީ ދެމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC