logoEN
PNC TOP 3
14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

3/15/2026, 12:54:48 AM

# ނިއުކާސަލް ޔުނައިޓެޑް # އިނގިރޭސި ޕްރިމިއާ ލީގު# ޗެލްސީ# ބޭރު ދުނިޔޭގެ ކުޅިވަރު

ޗެލްސީ އާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ.

PNC MID 2

ލީގުގައި ޗެލްސީ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅިވެފައިވާއިރު، ލީގުގައި ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މިއީ 2012 ވަނަ އަހަރުގެ ފަހުން ޗެލްސީގެ ދަނޑުގައި ނިއުކާސަލް މޮޅުވި ފުރަތަމަ މެޗެވެ.

ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރިމަށް ޗެލްސީގެ ލިއަމް ޑިލިޕް އަދި ޖޮއައު ޕެޑްރޯއަށް ލިބުނު ފުރުސަތުތަކުގެ ބޭންނުން ނުކުރެވިދިޔައިރު، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން ނިއުކާސަލް ޔުނައިޓެޑަށް 42 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގުގައި ކުޅުނު 30 މެޗުން ހޯދި 48 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލަނޑުގެ ތަފާތުން ތާވަލުގެ ފަސްވަނައިގައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC