logoEN
PNC TOP 3
އިރާނުގެ ހަމަލާއެއްގައި ސައުދީ  ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާ އަސްކަރިއްޔާގެ 5 މަތިންދާބޯޓަކަށް ގެއްލުންވެއްޖެ

އިރާނުގެ ހަމަލާއެއްގައި ސައުދީ ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާ އަސްކަރިއްޔާގެ 5 މަތިންދާބޯޓަކަށް ގެއްލުންވެއްޖެ

އަހުމަދު ޝުރާއު

logo

3/13/2026, 11:38:43 PM

# އިރާން

އިރާނުން ދިން މިސައިލް ހަމަލާއެއްގައި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާ އަސްކަރިއްޔާގެ 5 މަތިންދާބޯޓަކަށް ގެއްލުންވެއްޖެކަން ހާމަވެއްޖެ އެވެ.

PNC MID 2

އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެގައުމުގެ މަގްބޫލު ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކުރާ ގޮތުގައި އީރާނުގެ މިސައިލް ހަމަލާއެއް ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ކާމިޔާބުކަމާއިއެކު އަމާޒުވެ އެވަގުތު އެ ބޭސްގައި، އޮތް އެމެރިކާ އެއާފޯސްގެ ފަސް މަތިންދާބޯޓަކަށް ވަނީ ގެއްލުން ވެފައި އެވެ.

ނަމަވެސް މި ހަމަލާތަކުގައި އެމެރިކާ ސިފައިންތަކެއް މަރުވި ކަމެއް ނުވަތަ ޒަހަމްވި ކަމެއް އެމެރިކާއިން ހާމައެއް ނުކުރެއެވެ.

މި ހަމަލާއަކީ އެމެރިކާ އިސްވެ އޮވެ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އީރާނުން ދެމުންގެންދާ ބަދަލު ހިފުމުގެ ހަމަލާއެކެވެ.

އެގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާ އަސްކަރިއްޔާއާއި ގުޅުންހުރި ހުރިހާ ބޭސްއަކަމަށް ކަހަލަ ގޮތަކަށް އިރާނުގެ ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
HDC