
އީރާނުގެ ޚަރްގް އައިލެންޑު "ފޮހެލައިފިން"، މިއީ ތާރީހުގައިވެސް މެދުއިރުމަތީގައި ދިން އެންމެ ވަރުގަދަ ހަމަލާ - ޓްރަމްޕު
# އިރާންއީރާނުގެ ޚަރްގް އައިލެންޑަށް އެމެރިކާއިން ހަމަލާދީފި އެވެ.

މިކަން ދާދި ދެންމެ އަކު ރަސްމީކޮށް އިއުލާނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޓްރަމްޕުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މެދުއިރުމަތީގެ ތާރީހުގައި ވެސް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ އީރާނުގެ ޚަރްގް އައިލެންޑަށް ދީފައިވާ ކަމަށެވެ.
އެގޮތުން އީރާނުގެ "ޖަވާހިރު" ކަމަށްވާ ޚަރްގް އައިލެންޑްގައި ހުރި އިރާނުގެ އަސްކަރީ ހުރިހާ ތަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް ޓްރަމްޕު ވަނީ ހާމަކޮށްފައެވެ.
ޓްރަމްޕު އިތުރަށް ބުނީ "އަދަބުވެރިކަމުގެ ސަބަބުތަކާހުރެ" އޭނާ އިޚްތިޔާރުކޮށްފައިވަނީ އެރަށުގައި ހުރި ތެލުގެ އިންފްރާސްޓްރަކްޗާތަކަށް އެއްވެސް ގެއްލުމެއް ނުދޭން ކަމަށެވެ.
ޓްރަމްޕު މިފަދައިން ހާމަކުރި އިރު މިކަމާއި ގުޅިގެން އިރާނުން އަދި މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
ޚަރްގް އަކީ އީރާނުގެ އައްސޭރިފަށާ ދާދި ކައިރީގައި އޮންނަ ޕާޝިއަން ގަލްފުގެ އުތުރުގައި އޮންނަ ކުޑަ ޖަޒީރާއެކެވެ. އެއީ އީރާނުން އެކްސްޕޯޓްކުރާ ހުރިހާ ތެލެއްގެ މައި ޓާމިނަލްގެ ގޮތުގައި ބޭނުންކުރާ ތަނެވެ. މިއީ އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގެ އަސަރު ނުކޮށް މިހާތަނަށް އޮތް ހަމައެކަނި އިރާނުގެ އެންމެ މުހިންމު އެއް ތަނެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އިރާނުގެ ހަމަލާއެއްގައި ސައުދީ ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާ އަސްކަރިއްޔާގެ 5 މަތިންދާބޯޓަކަށް ގެއްލުންވެއްޖެ

އެމެރިކާއިން މިރޭ ހަމަލާދިން ޚަރްގް އައިލެންޑަކީ އިރާނުގެ ތެލުގެ މައި ޓާމިނަލް، ހަނގުރާމަ އިތުރަށް ގޯސްވާނެ!

އީރާނުގެ ޚަރްގް އައިލެންޑު "ފޮހެލައިފިން"، މިއީ ތާރީހުގައިވެސް މެދުއިރުމަތީގައި ދިން އެންމެ ވަރުގަދަ ހަމަލާ - ޓްރަމްޕު

.gif&w=3840&q=75)



