
އިރާގުގައި ތިބި އެމެރިކާ ސިފައިންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ލައްކައިން ޑޮލަރު ހުށަހަޅައިފި
# އިރާންއިރާގުގައި ތިބި އެމެރިކާ ސިފައިންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ލައްކައިން ޑޮލަރު ދޭން ހުށަހަޅައިފި އެވެ.

އެމެރިކާގެ އަސްކަރީ މުވައްޒަފުން ތިބި ތަންތަނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މާލީ އިނާމެއް ދޭނެ ކަމަށް ބުނެ އިއުލާނުކުރީ އިރާގުގެ އިސްލާމިކް ރެސިސްޓެންސްއިންނެވެ. މިއީ އިރާނުގެ ދައުލަތާއި ގާތް ގުޅުމެއް އޮންނަ ޖަމާއަތެކެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިރާގާއި އިރާނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ހިންގުމަށް އިރާގުގެ ތެރޭގައި ތިބެގެން އެހީތެރިވެދޭ އެމެރިކާގެ މުވައްޒަފުންނާއި އެމީހުން ތިބި ތަނާއި ގުޅޭ "ޞައްޙަ އަދި އިތުބާރު ހުރި" މައުލޫމާތު ދީފިނަމަ 150 މިލިއަން އިރާގު ދީނާރު (114،500 ޑޮލަރު) ދޭނެ ކަމަށެވެ.
މިފަދައިން އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން ހާމަކުރި އިރު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ރިވާޑްސް ފޯ ޖަސްޓިސް ޕްރޮގްރާމްގެ ދަށުން މޮޖްތާބާ ޚާމަނާއީ ހިމެނޭ ގޮތަށް “އީރާނުގެ ޓެރަރިސްޓް ލީޑަރުން” ގެ މައުލޫމާތު ހޯދުމަށް ކަމަށްބުނެ މިރޭ ވަނީ އިއުލާނެއް ކޮށްފައެވެ.
ސްޓޭޓް ޑިޕާޓްމަންޓު ކުރި އިއުލާނުގައި ބުނީ އިރާނުގެ އައު ސުޕްރީމް ލީޑަރު ހިމެނޭހެން އެގައުމުގެ ލީޑަރޝިޕް ބޭފުޅުންގެ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މައުލޫމާތު ދިނުމުން އެކަން ކަށަވަރުކުރެވޭ ނަމަ މައުލޫމާތު ދޭ ފަރާތަކަށް ހިމާޔާތް ދޭނެކަންވެސް ވަނީ ބުނެފައި އެވެ.
ސުޕްރީމް ލީޑަރު މުޖޮތަބާ ޚާމަނާއީ ހިމެނޭހެން އެމެރިކާއިން މައުލޫމާތު ހޯދަމުންދާ ކަމަށް ބުނެ އިއުލާނުކުރި ލިސްޓުގައި ހިމެނެނީ؛
- އިރާނުގެ މިނިސްޓަރ އޮފް އިންޓެލިޖެންސް އެސްމާއީލް ޚަތީބު،
- އިރާނުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަލީ އަސްޣަރު ހެޖާޒީ
- އިރާނުގެ މޭޖަރ ޖެނެރަލް ޔަހްޔާ ރަހީމް ސަފާވީ
- އިރާނުގެ ބްރިގޭޑިއާ ޖެނެރަލް އެސްކަންދަރު މޮމެނީ
- އިރާޞު ސުޕްރީމް ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ
އިއުލާނުގައި އިތުރަށް ބުނީ މި ފަރާތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމް ރާވައި، އިންތިޒާމުކޮށް، ތަންފީޒުކުރާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ކޮމާންޑްކޮށް ޑައިރެކްޓްކުރާ ފަރާތްތަކެއް ކަމަށެވެ.
ގުޅުންހުރި

އިރާގުގައި ތިބި އެމެރިކާ ސިފައިންގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ލައްކައިން ޑޮލަރު ހުށަހަޅައިފި

ސުޕްރީމް ލީޑަރު މުޖޮތަބާއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި

އިރާނުގެ ހުއްދައާއިއެކު ތުރުކީގެ ބޯޓެއް ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްފި

.gif&w=3840&q=75)



