
އެމެރިކާއިން މިރޭ ހަމަލާދިން ޚަރްގް އައިލެންޑަކީ އިރާނުގެ ތެލުގެ މައި ޓާމިނަލް، ހަނގުރާމަ އިތުރަށް ގޯސްވާނެ!
# އިރާންއެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕުގެ އޯޑަރަށް އެމެރިކާ އަސްކަރިއްޔާއިން އިރާނުގެ ޚަރްގް އައިލެންޑަށް ދިން ކަމަށް ބުނާ ވަރުގަދަ ހަމަލާއާއިއެކު ހަނގުރާމަ އިތުރަށް ގޯސްވާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޓްރަމްޕުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ކުރި ޕޯސްޓެއްގައި ބުނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މެދުއިރުމަތީގެ ތާރީހުގައި ވެސް ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ އީރާނުގެ ޚަރްގް އައިލެންޑަށް ދީފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ "ޖަވާހިރު" ކަމަށްވާ ޚަރްގް އައިލެންޑްގައި ހުރި އިރާނުގެ އަސްކަރީ ހުރިހާ ތަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށްވެސް ޓްރަމްޕު ވަނީ ހާމަކޮށްފައެވެ.
ޓްރަމްޕު އިތުރަށް ބުނީ "އަދަބުވެރިކަމުގެ ސަބަބުތަކާހުރެ" އޭނާ އިޚްތިޔާރުކޮށްފައިވަނީ އެރަށުގައި ހުރި ތެލުގެ އިންފްރާސްޓްރަކްޗާތަކަށް އެއްވެސް ގެއްލުމެއް ނުދޭން ކަމަށެވެ.
ޓްރަމްޕު މިފަދައިން ހާމަކުރި އިރު މިކަމާއި ގުޅިގެން އިރާނުން އަދި މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.
ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމެރިކާގެ މި އަމަލަކީ ހަނގުރާމަ އިތުރަށް ގޯސްވެ އަދި އިތުރު ހަފްތާތަކަކަށް މި ހަނގުރާމަ ދެމިގެންދާނެ ކަމެއް ކަމަށް ސިފަކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އިރާނުގެ ހަމަލާއެއްގައި ސައުދީ ޕްރިންސް ސުލްތާން އެއާ ބޭސްގައި އޮތް އެމެރިކާ އަސްކަރިއްޔާގެ 5 މަތިންދާބޯޓަކަށް ގެއްލުންވެއްޖެ

އެމެރިކާއިން މިރޭ ހަމަލާދިން ޚަރްގް އައިލެންޑަކީ އިރާނުގެ ތެލުގެ މައި ޓާމިނަލް، ހަނގުރާމަ އިތުރަށް ގޯސްވާނެ!

އީރާނުގެ ޚަރްގް އައިލެންޑު "ފޮހެލައިފިން"، މިއީ ތާރީހުގައިވެސް މެދުއިރުމަތީގައި ދިން އެންމެ ވަރުގަދަ ހަމަލާ - ޓްރަމްޕު

.gif&w=3840&q=75)



