
މެދުއިރުމަތީގެ ހަނގުރާމަ: ރީފިއުލިންގް މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އެމެރިކާގެ 4 ސިފައިން މަރުވެއްޖެ
# އިރާންއިރާނާއި ދެކޮޅަށް އެމެރިކާއިން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ ރިފިއުލިން އެއާކްރާފްޓެއް ވެއްޓުނު ހާދިސާގައި އެމެރިކާގެ 4 ސިފައިން މަރުވެއްޖެ އެވެ.

ސެންޓްކޮމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ތެރޭގައި އަސްކަރީ އެއާކްރާފްޓްތަކަށް ތެޔޮ އަޅަން އެމެރިކާ ސިފައިން ބޭނުންކުރާ ކޭސީ-135 ރިފިއުލިން އެއާކްރާފްޓް އިރާގުގެ ހުޅަނގު ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާ ހިނގީ ދެބޯޓު ޖެހިގެން ކަމަށާއި ދެވަނަ ބޯޓު ސަލާމަތުން ލޭންޑުކޮށްފައިވާ ކަމަށްވެސް ސެންޓްކޮމްއިން ވަނީ ބުނެފައި އެވެ.
" މިއީ ދުޝްމަނުންގެ ހަމަލާއަކުން ނުވަތަ 'ފްރެންޑްލީ ފަޔަ' އަކުން ހިނގި ކަމެއް ނޫން،" ސެންޓްކޮމްއިން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.
މި ހާދިސާއާއި ގުޅޭ 2އިތުރު ތަފްސީލް ހާމަކުރަމުން ސެންޓްކޮމްއިން ބުނެފައިވަނީ ހާދިސާގައި ބޯޓުގައި ތިބި 6 ސިފައިންގެ ތެރެއިން 4 ސިފައިން މަރުވިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ސަލާމާތްވި ކަމަށް ބެލެވޭ ދެސިފައިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި މަރުވި އެމެރިކާގެ 4 ސިފައިންގެ މަނަވަރު ހާމަކުރަން ނިންމާފައިވަނީ 24 ގަޑިއިރު ފަހުންނެވެ. އެއީ ހަނގުރާމައިގައި މަރުވާ ސިފައިންގެ މައުލޫމާތު އާންމުކުރުމުގައި އެމެރިކާއިން އަމަލުކުރާ ގޮތެެވެ.
އިރާނާއި ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ތެރެއިން މި ބޯޓާއިއެކު މިހާތަނަށް އެމެރިކާ ވައިގެ އަސްކަރިއްޔާގެ ހަތަރު ބޯޓު ވަނީ ވެއްޓިފައި އެވެ. މީގެ ކުރީން ވެއްޓިފައިވަނީ އެމެރިކާގެ އެފް-15 މަރުކާގެ ތިން ޖެޓެވެ.
ގުޅުންހުރި

އިރާނުގެ ހުއްދައާއިއެކު ތުރުކީގެ ބޯޓެއް ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްފި

މެދުއިރުމަތީގެ ހަނގުރާމަ: ރީފިއުލިންގް މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އެމެރިކާގެ 4 ސިފައިން މަރުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމަ: އެމެރިކާ އަސްކަރިއްޔާގެ ރިފިއުލިން އެއާކްރާފްޓެއް އިރާގަށް ވެއްޓިއްޖެ

.gif&w=3840&q=75)



