logoEN
PNC TOP 3
ސުޕްރީމް ލީޑަރު މުޖޮތަބާއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި

ސުޕްރީމް ލީޑަރު މުޖޮތަބާއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

3/13/2026, 6:13:13 PM

# އިރާން

ސުޕްރީމް ލީޑަރު މުޖޮތަބާއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 10 މިލިއަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފި އެވެ.

PNC MID 2

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ރިވާޑްސް ފޯ ޖަސްޓިސް ޕްރޮގްރާމްގެ ދަށުން މޮޖްތާބާ ޚާމަނާއީ ހިމެނޭ ގޮތަށް “އީރާނުގެ ޓެރަރިސްޓް ލީޑަރުން” ގެ މައުލޫމާތު ހޯދުމަށް ކަމަށްބުނެ މިރޭ ވަނީ އިއުލާނެއް ކޮށްފައެވެ.

ސްޓޭޓް ޑިޕާޓްމަންޓު ކުރި އިއުލާނުގައި ބުނީ އިރާނުގެ އައު ސުޕްރީމް ލީޑަރު ހިމެނޭހެން އެގައުމުގެ ލީޑަރޝިޕް ބޭފުޅުންގެ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ދޭން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މައުލޫމާތު ދިނުމުން އެކަން ކަށަވަރުކުރެވޭ ނަމަ މައުލޫމާތު ދޭ ފަރާތަކަށް ހިމާޔާތް ދޭނެކަންވެސް ވަނީ ބުނެފައި އެވެ.

ސުޕްރީމް ލީޑަރު މުޖޮތަބާ ޚާމަނާއީ ހިމެނޭހެން އެމެރިކާއިން މައުލޫމާތު ހޯދަމުންދާ ކަމަށް ބުނެ އިއުލާނުކުރި ލިސްޓުގައި ހިމެނެނީ؛

  1. އިރާނުގެ މިނިސްޓަރ އޮފް އިންޓެލިޖެންސް އެސްމާއީލް ޚަތީބު،
  2. އިރާނުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަލީ އަސްޣަރު ހެޖާޒީ
  3. އިރާނުގެ މޭޖަރ ޖެނެރަލް ޔަހްޔާ ރަހީމް ސަފާވީ
  4. އިރާނުގެ ބްރިގޭޑިއާ ޖެނެރަލް އެސްކަންދަރު މޮމެނީ
  5. އިރާޞު ސުޕްރީމް ކައުންސިލްގެ ސެކްރެޓަރީ އަލީ ލާރިޖާނީ

އިއުލާނުގައި އިތުރަށް ބުނީ މި ފަރާތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމް ރާވައި، އިންތިޒާމުކޮށް، ތަންފީޒުކުރާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަށް ކޮމާންޑްކޮށް ޑައިރެކްޓްކުރާ ފަރާތްތަކެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC