logoEN
PNC TOP 3
އިރާނުގެ ހުއްދައާއިއެކު ތުރުކީގެ ބޯޓެއް ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްފި

އިރާނުގެ ހުއްދައާއިއެކު ތުރުކީގެ ބޯޓެއް ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްފި

އަހުމަދު ޝުރާއު

logo

3/13/2026, 10:18:21 AM

# އިރާން

އިރާނުގެ ހުއްދައާއިއެކު ތުރުކީގެ ބޯޓެއް ހޯމުޒް ކަނޑުއޮޅި ހުރަސްކޮށްފި އެވެ.

PNC MID 2

ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްކާދިރު އުރަލޮގްލޫ ވިދާޅުވީ ތުރުކީގެ ބޯޓެއް އީރާނުން ރުހުން ލިބުމުން ސްޓްރޭޓް އޮފް ހޮރްމުޒް ހުރަސްކޮށް ތުރުކީއަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.

އުރަލޮގްލޫއާ ހަވާލާދީ ލޯކަލް މީޑިއާތަކުން ބުނެފައިވަނީ އެ ބޯޓަކީ އީރާން ކައިރީގައި މަޑުކޮށްގެން ތިބި ތުރުކީގެ 15 ބޯޓުގެ ތެރެއިން އެއް އުޅަނދެވެ.

"ފަނަރަ ބޯޓެއް [ތުރުކީ ވިޔަފާރިވެރިންގެ] އެތަނުގައި އެބަތިބި މަޑުކޮށްގެން، އަޅުގަނޑުމެން ⁠އެއިން އެއް ބޯޓަކަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ހޯދައިދިނުމުން މިހާރު އަންނަނީ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރަމުން،" ⁠އުރަލޮގްލޫ ވިދާޅުވި އެވެ.

ހޯމުޒް ކަނޑުއޮޅިއަކީ ގަލްފް ކަނޑާއި އޮމާން ކަނޑު އަދި ޢަރަބި ކަނޑު ގުޅައިދޭ، ގިނަ އަދަދެއްގެ މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ވަކީން ޚާއްސަކޮށް މި ކަނޑުއޮޅިއަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދޭން މެދުއިރުމަތީން ބޭނުންކުރާ މައި ކަނޑުއޮޅިއެވެ.

ނަމަވެސް އިރާނަށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން އިރާނުން ވަނީ މި ކަނޑުއޮޅި އިރާނުން ނުރުހޭ އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައި އެވެ. އަދި ބައެއް ބޯޓުތަކަށް އިރާނުން ވަނީ ހަމަލާވެސް ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC