logoEN
PNC TOP 3
ހޯމުޒް ކަނޑުއޮޅި ކައިރީގައި އޮތް އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ކާމިޔާބު ހަމަލާއެއްދީފިން - އައިއާރްޖީސީ

ހޯމުޒް ކަނޑުއޮޅި ކައިރީގައި އޮތް އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ކާމިޔާބު ހަމަލާއެއްދީފިން - އައިއާރްޖީސީ

އަހުމަދު ޝުރާއު

logo

3/12/2026, 11:46:41 PM

# އިރާން

ހޯމުޒް ކަނޑުއޮޅި ކައިރީގައި އޮތް އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ކާމިޔާބު ހަމަލާއެއްދީފައިވާކަން އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ހާމަކޮށްފި އެވެ.

PNC MID 2

އައިއާރްޖީސީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން ވަރުގަދަ ހަމަލާއެއް ދީ އެބޯޓަށް މިހާރު ގެއްލުންތަކެއް ވަނީ ވެފައި އެވެ. އެގޮތުން ހަމަލާތައް ދީފައިވަނީ މިސައިލްއާއި ޑްރޯން ބޭނުންކޮށްގެން ކަމަށް އައިއާރްޖީސީން ވަނީ ބުނެފައި އެވެ.

މިއާއިއެކު އެބޯޓު މިހާރު އެމެރިކާއާ ދިމާއަށް ފަހަތަށް ޖެހެމުންދާކަމަށްވެސް އައިއާރްޖީސީއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

View post on Twitter

ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް އަމާޒުކޮށް އައިއާރްޖީސީއިން ހަމަލާއެއް ދިންކަން އެމެރިކާގެ އިސް އޮފިޝަލުންތަކަކާއި ހަވާލާދީ އެމެރިކާގެ ސީބީއެސް ނޫހުންވެސް ދަނީ ރިޕޯޓުކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ އެމެރިކާގެ ސީބީއެސް ނިއުސް އިން ރިޕޯޓުކުރަމުންދަނީ ޔޫއެސްއެސް އަބްރަހަމް ލިންކަން މަތިންދާބޯޓު އުފުލާ ބޯޓާ ކައިރިވި އީރާނުގެ އުޅަނދަކަށް އެމެރިކާ ސިފައިން ބަޑިޖަހާފައިވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ދެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި އިރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް އެމަނަވަރަށް ހަމަލާދޭން މަސައްކަތް ކުރުމާއިއެކު ދިފާއުގައި ބަޑީގެ ހަމަލާތަކެއް އެމެރިކާއިން ވަނީ ދީފައި އެވެ. ނަމަވެސް އިރާނުގެ ބޯޓަށް ހަމަލާތައް އަމާޒުނުވިކަމަށްވެސް ވަނީ ބުނެފައި އެވެ.

އަދި ފަހުން އެމެރިކާގެ ހެލިކޮޕްޓަރަކުން އީރާނުގެ އުޅަނދަކަށް ދެ ހަމަލާ ކާމިޔާބު ކަމާއިއެކު ދިންކަން ހާމަކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC