
މެދުއިރުމަތީގެ ހަނގުރާމަ: އެމެރިކާ އަސްކަރިއްޔާގެ ރިފިއުލިން އެއާކްރާފްޓެއް އިރާގަށް ވެއްޓިއްޖެ
# އިރާން-
އިރާނާއި ދެކޮޅަށް އެމެރިކާއިން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ ރިފިއުލިން އެއާކްރާފްޓެއް އިރާގަށް ވެއްޓިއްޖެ އެވެ.

މިކަން މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ޒިންމާ އޮންނަ ސެންޓަރްލް ކޮމާންޑް، ސެންޓްކޮމްއިން ރަސްމީކޮށް ވަނީ ކަށަވަރުކޮށްދީފައި އެވެ.
ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ތެރޭގައި އަސްކަރީ އެއާކްރާފްޓްތަކަށް ތެޔޮ އަޅަން އެމެރިކާ ސިފައިން ބޭނުންކުރާ ކޭސީ-135 ރިފިއުލިން އެއާކްރާފްޓް އިރާގުގެ ހުޅަނގު ސަރަހައްދަކަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާ ހިނގީ ދެބޯޓު ޖެހިގެން ކަމަށާއި ދެވަނަ ބޯޓު ސަލާމަތުން ލޭންޑުކޮށްފައިވާ ކަމަށްވެސް ސެންޓްކޮމްއިން ވަނީ ބުނެފައި އެވެ.
" މިއީ ދުޝްމަނުންގެ ހަމަލާއަކުން ނުވަތަ 'ފްރެންޑްލީ ފަޔަ' އަކުން ހިނގި ކަމެއް ނޫން،" ސެންޓްކޮމްއިން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.
މި ހާދިސާގައި މަރުވި ނުވަތަ އަނިޔާވި އެމެރިކާ ސިފައިންގެ އަދަދު އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
އިރާނާއި ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ތެރެއިން މި ބޯޓާއިއެކު މިހާތަނަށް އެމެރިކާ ވައިގެ އަސްކަރިއްޔާގެ ހަތަރު ބޯޓު ވަނީ ވެއްޓިފައި އެވެ. މީގެ ކުރީން ވެއްޓިފައިވަނީ އެމެރިކާގެ އެފް-15 މަރުކާގެ ތިން ޖެޓެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަނގުރާމަ: އެމެރިކާ އަސްކަރިއްޔާގެ ރިފިއުލިން އެއާކްރާފްޓެއް އިރާގަށް ވެއްޓިއްޖެ

ހޯމުޒް ކަނޑުއޮޅި ކައިރީގައި އޮތް އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް ކާމިޔާބު ހަމަލާއެއްދީފިން - އައިއާރްޖީސީ

އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

.gif&w=3840&q=75)



