logoEN
PNC TOP 3
އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

އަހަރަމެން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެބަ ހުރި - އިރާން

އަހުމަދު ޝުރާއު

logo

3/11/2026, 6:15:55 PM

# އިރާން

އީރާނަކީ އެގައުމުން އިޚްތިޔާރުކުރާ ކޮންމެ ތަނަކަށް ހަމަލާ އަމާޒުކުރުމުގެ ގާބިލްކަން ހުރި ގައުމެއް ކަމަށް އީރާނުގެ ގާނުނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބަޣްރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.

PNC MID 2

މަޖިލީހުގެ ރައީސް މުޙައްމަދު ބަޣްރު ޣަލިބާފް މިފަދައިން ވިދާޅުވީއިރާނުގެ މިސައިލް ގާބިލްކަން ނައްތާލާފައިވާ ކަމަށް އެމެރިކާއިން ބުނާ ވާހަކަތައް ދޮގުކުރައްވަމުންނެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާ ބަންދުގައި އޭބީސީއަށް ދެއްވި އިންޓަވިިއުއެއްގައި ބުނީ އީރާނުގައި ހުރި މިސައިލްތަކާއި އެހެނިހެން ހަތިޔާރުތަކުގެ ބޮޑު އިންސައްތައެއް މިހާރު ނައްތާލެވިފައިވާ ކަމަށެވެ،

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ބަޣްރު ޣަލިބާފް ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން އީރާނުން ކުރިން ފޮނުވާލި މިސައިލްތަކަކީ ދުޝްމަނުންގެ ރާޑަރުތަކާއި ދިފާއީ ނިޒާމުތަކަށް އޮޅުވާލަން ދިން ހަމަލާތަކެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އީރާނަށް މިހާރު ބޭނުންކުރަމުންދަނީ އިހްތިޔާރުކުރި ކޮންމެ ތަނަކަށްވެސް ހަމަލާ ދިނުމުގެ ފުރިހަމަ ގާބިލުކަން ހުރި މިސައިލްތަކެއް ކަމަށެވެ.

ޣަލިބާފް މިފަދައިން ވިދާޅުވެފައިވާއިރު އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ރޭ ވަނީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލަށް ދިން އެންމެ ކާމިޔާބުތަކަށް ދީފައި އެވެ. 3 ގަޑިއިރަށް ހުއްޓުމެއްނެތި އިރާނުން ރޭ ދިން ހަމަލާތަކުގެ ބޮޑު އިންސައްތައެއް ވަނީ އަމާޒަށް ވާސިލުވެފައި އެވެ.

އެގޮތުން ރޭ އައިއާރްޖީސީން ވަނީ އިސްރާއީލުގެ އަމާޒުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓްތަކަށް ދިގު ރާސްތާގެ ބެލިސްޓިކް ޚޯރަމްޝާހް މިސައިލް ހިމެނޭ ގޮތަށް ބަރު މިސައިލްތަކެއް ފޮނުވާފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC