logoEN
PNC TOP 3
ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އަހުމަދު ޝުރާއު

logo

3/10/2026, 11:54:41 PM

# އިރާން

އިރާނުން މިރޭ އިޒްރޭލަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ހަމަލާގައި މިސައިލެއް އިޒްރޭލު އަސްކަރީ މަރުކަޒަކަށް އަރައިފި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

PNC MID 2

އިޒްރޭލުގެ ބައެއް މީޑިއާތަކާއި ހަވާލާދީ އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި އިރާނުން މިރޭ ދިން މިސައިލް ހަމަލާއެއް ތެލްއަވީވްގެ މެދުތެރޭގައި ހުރި ޔަހޫދީ ސިފައިންގެ މަރުކަޒަކަށް އަމާޒުވެފައި ވެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން އައިއާރްޖީސީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި އައިއާރްޖީސީން މިސައިލް ހަމަލާ އަމާޒުކުރީ ތެލްއަވީވްގައި ހުރި އިޒްރޭލު ވައިގެ ސިފައިންގެ މަރުކަޒަށެވެ. މި މަރުކަޒަކީ އިރާނަށް ހަމަލާތައް ދިނުމަށް އިޒްރޭލުން ބޭނުންކުރާ މުހިންމު މަރުކަޒެއްގެ ގޮތުގައި އައިއާރްޖީސީން ވަނީ ސިފަކޮށްފައެވެ.

އައިއާރްޖީސީއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިރޭގެ ހަމަލާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަލާތަކުގެ ތެރެއިން ދޭ މިސައިލް ހަމަލާތަކުގެ 37 ވަނަ ބުރެވެ. އެގޮތުން މިރޭގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި ހަމަލާތައް ހުއްޓުމެއްނެތި ކުރިޔަށް އޮތް 3 ގަޑިއިރަށް ކުރިޔަށްދާނެ ކަމަށް އައިއާރްޖީސީން މިހާރު ވަނީ ހާމަކޮށްފައެވެ.

އައިއާރްޖީސީގެ އިސް އޮފިޝަލަކާއި ހަވާލާދީ އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނުން މިރޭ އިޒްރޭލާއި ދެކޮޅަށް ބޭނުންކުރަމުންދަނީ ބަރުދަނުގައި އެއް ޓަނުގެ ހުންނަ އަދި ނުރައްކާތެރި "ޚޭބަރު" އަދި "ޤާދިރު: މިސައިލް ތަކާއި "ޚޯރަމްޝަހްރު" މިސައިލްތަކެވެ. މިއީ އަމާޒަށް ވާސިލުވެއްޖެ ނަމަ ވަރަށް ގެއްލުންބޮޑު މިސައިލްތަކެކެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ދަނީ ވެރިރަށް ތެލް އަވީވްއަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓް ކުރަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ޒަހަމްވެފައިވަނީ ހަމަލާގެ އިންޒާރާއިއެކު ޔަހޫދީންތައް ބިންގަރާސްތަކަށް ވަންނަން މަސައްކަތް ކުރަމުންދަނިކޮށް ބިންގަރާހާއި ކައިރި ހިސާބަކަށް މިސައިލެއް ވެއްޓުމާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC