
ނޯވޭގައި ބޯޑޯ ގްލިމްޓް އިން ސްޕޯޓިން ވެސް ބަލިކޮށްފި
# ސްޕޯޓިންގ ލިޒްބަން# ބޭރު ދުނިޔޭގެ ކުޅިވަރު# ބޯޑޯ ގްލިމްޓް# ޔުއެފާ ޗެމްޕިއަންސްލީގުބޯޑޯ/ގްލިމްޓް އާއި ސްޕޯޓިންގ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިންގ ލިޒްބަން އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެ ނޯވޭގެ ބޯޑޯ ގްލިމްޓް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގެ ހަތްވަނަ ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ބޯޑޯ ގްލިމްޓް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ އިންޓަ މިލާން 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބޯޑޯ ގްލިމްޓުން ލީޑުހޯދީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ސޮންޑްރޭ ފެޓް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ފޯވާޑް އޮލޭ ބްލަމްބާގް ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކެސްޕަރ ހޯގް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 3-0 ގެ ނަތީޖާއަކުން ބޯޑޯ ގްލިމްޓް ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ސްޕޯޓިންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




