
ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް ޕީއެސްޖީ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި
# ޕީއެސްޖީ# ޔުއެފާ ޗެމްޕިއަންސްލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީޗެލްސީ އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގެ ހަވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16 ގެ ޖާގައެއް ޗެލްސީ އިން ހޯދިއިރު، ޕީއެސްޖީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮނާކޯ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ޗެލްސީ އިން ވަރުގަދަކޮށްފަށައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް މިހާފުގައި ޕީއެސްޖީ އިން ގެނައި ބަދަލުތަކާއެކު އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައި ބަަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕީއެސްޖީގެ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ މިމެޗުގައި ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އުސްމާން ޑެމްބެލޭ. ވިޓީނިއާ އަދި ބްރެޑްލީ ބަކޯލާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މި މެޗުގައި ޗެލްސީގެ މަލޯ ގުސްޓޯ އަދި އެންޒޯ ފެނާންޑޭސް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްޖީގެ ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




