
އިރާނުގެ ކާމިޔާބު މިސައިލް ހަމަލާތަކެއް އިޒްރޭލުގެ ތެލް އަވީވްއަށް: ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްކޮށްލައިފި
# އިރާންއިރާނުން މިރޭ އިޒްރޭލަށް ދެމުންދާ ވަރުގަދަ މިސައިލް ހަމަލާތަކުގައި ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްކޮށްލައިިފި އެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ދަނީ ވެރިރަށް ތެލް އަވީވްއަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓް ކުރަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ޒަހަމްވެފައިވަނީ ހަމަލާގެ އިންޒާރާއިއެކު ޔަހޫދީންތައް ބިންގަރާސްތަކަށް ވަންނަން މަސައްކަތް ކުރަމުންދަނިކޮށް ބިންގަރާހާއި ކައިރި ހިސާބަކަށް މިސައިލެއް ވެއްޓުމާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިރާނުގެ އައިއާރްޖީސީއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިރޭގެ ހަމަލާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަލާތަކުގެ ތެރެއިން ދޭ މިސައިލް ހަމަލާތަކުގެ 37 ވަނަ ބުރެވެ.
އެގޮތުން މިރޭގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި ހަމަލާތައް ހުއްޓުމެއްނެތި ކުރިޔަށް އޮތް 3 ގަޑިއިރަށް ކުރިޔަށްދާނެ ކަމަށް އައިއާރްޖީސީން މިހާރު ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

އިރާނުގެ ކާމިޔާބު މިސައިލް ހަމަލާތަކެއް އިޒްރޭލުގެ ތެލް އަވީވްއަށް: ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްކޮށްލައިފި

.gif&w=3840&q=75)



