
އިޒްރޭލަށް މިރޭ ދެމުންމިދަނީ ވަރުގަދަ ހަމަލާތަކެއް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން
# އިރާންއިޒްރޭލަށް އަމާޒުކޮށް މިރޭ އިރާނުން ދޭން ފަށާފައިވަނީ ވަރުގަދަ ހަމަލާތަކެއް ކަމަށް އިރާނުގެ ރެވޮލިއުޝަނަރީ ގާޑްސް، އައިރާޖްސީއިން ބުނެފި އެވެ.

އައިއާރްޖީސީއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މިރޭގެ ހަމަލާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަލާތަކުގެ ތެރެއިން ދޭ މިސައިލް ހަމަލާތަކުގެ 37 ވަނަ ބުރެވެ. އެގޮތުން މިރޭގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި ހަމަލާތައް ހުއްޓުމެއްނެތި ކުރިޔަށް އޮތް 3 ގަޑިއިރަށް ކުރިޔަށްދާނެ ކަމަށް އައިއާރްޖީސީން މިހާރު ވަނީ ހާމަކޮށްފައެވެ.
އައިއާރްޖީސީގެ އިސް އޮފިޝަލަކާއި ހަވާލާދީ އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނުން މިރޭ އިޒްރޭލާއި ދެކޮޅަށް ބޭނުންކުރަމުންދަނީ ބަރުދަނުގައި އެއް ޓަނުގެ ހުންނަ އަދި ނުރައްކާތެރި "ޚޭބަރު" އަދި "ޤާދިރު: މިސައިލް ތަކާއި "ޚޯރަމްޝަހްރު" މިސައިލްތަކެވެ. މިއީ އަމާޒަށް ވާސިލުވެއްޖެ ނަމަ ވަރަށް ގެއްލުންބޮޑު މިސައިލްތަކެކެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ދަނީ ވެރިރަށް ތެލް އަވީވްއަށް އީރާނުން ދިން މިސައިލް ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓް ކުރަމުންނެވެ.
އެގޮތުން ގިނަ ބަޔަކު ޒަހަމްވެފައިވަނީ ހަމަލާގެ އިންޒާރާއިއެކު ޔަހޫދީންތައް ބިންގަރާސްތަކަށް ވަންނަން މަސައްކަތް ކުރަމުންދަނިކޮށް ބިންގަރާހާއި ކައިރި ހިސާބަކަށް މިސައިލެއް ވެއްޓުމާއި ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

އިރާނުގެ ކާމިޔާބު މިސައިލް ހަމަލާތަކެއް އިޒްރޭލުގެ ތެލް އަވީވްއަށް: ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްކޮށްލައިފި

.gif&w=3840&q=75)



