
އެޕްރީލް މަހުގެ ނިޔަލަށް ހޭންޑްބޯޅަ އިންޑޯ ކޯޓްގެ މަސައްކަތް ނިންމާލެވޭނެ : މުޖުތަބާ
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ).. ފޮޓޯ: ގާފު ސްޕޯޓްސް
ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ހޭންޑްބޯޅަ އިންޑޯ ކޯޓްގެ މަސައްކަތް ކުރިއަށް އޮތް އެޕްރީލް މަހުގެ ނިޔަލަށް ނިމި މިއަހަރުގެ ހޭންޑްބޯޅަ މޯލްޑިވްސްގެ ކަލަންޑަރާއި އެއްގޮތަށް މެއި މަހުގެ ކުރީކޮޅު ސީޒަން ފެށިގެންދާނެކަމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ބުނެފިއެވެ.

ހޭންޑްބޯޅަ އިންޑޯ ކޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ މައުލޫމާތު ދެއްވިގޮތުގައި މިހާރު ދަނޑުގެ ކޮންކްރީޓް ތަނބުތަކާއި ފައުންޑޭޝަންގެ މަސައްކަތް ނިމި ފަސްގަނޑު އެއްވަރުކުރެވިފައިވަނީ އަދި ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ކޮންކްރީޓް ޝީޓުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
އެޕްރީލް، ފެށެންވާއިރަށް ދަނޑުގެ ފުރާޅުގެ މަސައްކަތައް ބޭނުންވާ ސާމާނު ލިބޭނެކަމަށް މިބަލަނީ، އަދި ތާވަލާއި އެއްގޮތަށް މަސައްކަތައް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ދިނާނުވެ މޫސުން ތަންދޭނަމަ އެޕްރީލް މަހުގެ 15 ހިސާބުގައި ފުރާޅާއެކު އިންޑޯ ހޯލް އަތުރާ ނިންމާލެވޭނެ ކަމަށް މަސައްކަތްކުރާ ފަރާތުން ވަނީ ޔަގީންކަންދީފައެވެ.
މީގެ އިތުރުން އިންޑޯ މެޓް ގެނައުމަށް މިހާރު ލާރި ދައްކާފައިވީ، އަދި އިންޑޯ ހޯލު އަތުރާ ނިމެންވާއިރަށް މާލެ ގެނެވި އެޕްރީލް މަސް ނިމުމުގެ ކުރިން މެޓް އަޅައި އިންޑޯ ކޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އިރާދަކުރެއްވިޔާ...
ތާވަލާއި އެއްގޮތައް މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ މޭ މަހު ކުރީކޮޅު ހޭންޑްބޯޅަ ސީޒަން ފެށޭވަރުވާނެ، އަދި އަޅުގަނޑު ފާހަގަކޮއްލަން ބޭނުން މިދަނޑުގައި އަޅާ މެޓަކީ މިއީ ދިވެހި ސަރުކާރުގެ އިތުރުން އޭޝިއަން ހޭންޑްބޯޅަ ފެޑަރޭޝަންގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ލިބިގެންދިޔަ އިންޓަނޭޝަނަލް ސްޓޭޓަޑްގެ މެޓެއްކަން...
މިފުރުސަތުގައި އަދުގެ ސަރުކާރުން ހޭންބޯޅަ އާއިލާގެ ޝަކުވާތައް އަޑުއަހައި މިކުޅިވަރަށް މިވަގުތައް އެންމެ ބޭނުންޖެހިފައިއޮތް އިންޑޯއެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވައިދެއްވުމަށް ކުރެއްވި ހޭދައާއި މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމެވުމަށް ބަހައްޓަވާ އަހަމިއްޔަތުކަމަށްޓަކައި، ދިވެހިރާއްޖޭގެ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއަށް ހޭންބޯޅަ އާއިލާގެ ފަރާތުން ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
ގުޅުންހުރި

އެޕްރީލް މަހުގެ ނިޔަލަށް ހޭންޑްބޯޅަ އިންޑޯ ކޯޓްގެ މަސައްކަތް ނިންމާލެވޭނެ : މުޖުތަބާ

ދިރާގު 3×3 ބާސްކެޓް ބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ވާދަކުރަން ޖެހިއްޖެ
.jpg&w=3840&q=75)
.gif&w=3840&q=75)



