logoEN
WAMCO TOP 1
ފަހުވަގުތު ޔަމާލް ކާމިޔާބުކުރި ޕެނަލްޓީއާއެކު ބާސެލޯނާ އިން ނިއުކާސަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ފަހުވަގުތު ޔަމާލް ކާމިޔާބުކުރި ޕެނަލްޓީއާއެކު ބާސެލޯނާ އިން ނިއުކާސަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/11/2026, 2:15:12 AM

# ނިއުކާސަލް ޔުނައިޓެޑް # ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ

ބާސެލޯނާ އާއި ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ޕްރެމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާ އިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

THE TRAVELLER AD

މުބާރާތުގެ ލީގުބުރުގެ ފަސްވަނަ ޓީމުގެ ގޮތުގައި ބާސެލޯނާ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ނިއުކާސަލް އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި އަޒަރުބައިޖާންގެ ކަރަބާގް 3-9 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު މުބާރާތުގެ ލީގުބުރުގައި ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމް ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައި، މިހާފުގައި ނިއުކާސަލްގެ ވިލިއަމް އޮސޫލާ އަދި އެންތަނީ އެލަންގާއަށް ވަނީ މެޗުގެ ލީޑުހޯދުމަށް ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި ނިއުކާސަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވެސް އެޓީމުންނެވެ. މިލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ހާރވީ ބާންސް އެވެ.

ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ ކުޅުން ހަމަވެ، އިތުރަށް ދެއްކި ހަތަރު މިނެޓުގެ ކުޅުން ވެސް ނިމުނު ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.

ކޮމެންޓް
ފަހުގެ
HDC