
ރަށުން ބޭރުގައި އެޓްލާންޓާ އަތުން ބަޔާން މިޔުނިކަށް ތަފާތުބޮޑު މޮޅެއް
# ޔުއެފާ ޗެމްޕިއަންސްލީގު# އެޓަލާންޓާ # ބޭރު ދުނިޔޭގެ ކުޅިވަރު# ބަޔާން މިއުނިކްބަޔާން މިޔުނިކާއި އެޓަލާންޓާ ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ޖަރުމަނު ބަޔާން މިޔުނިކުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައި ބަޔާން މިޔުނިކް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. އެޓަލާންޓާ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑް 3-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
އެޓަލާންޓާގެ ނިއު ބެލެންސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ބަޔާން މިޔުނިކުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކުރީގައި އޮވެެގެންނެވެ. އަދި ދެވަނަ ހާފުގައި ބަޔާން މިޔުނިކުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެޓަލާންޓާ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބަޔާން މިޔުނިކްގެ ފުރާންސް ފޯވާޑް މައިކަލް އޮލިސޭ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޖަމާލް މުސިއާލާ، ނިކޮލަސް ޖެކްސަން، ސާޖް ގްނެބްރީ އަދި ޖޯސެޕް ސްޓެނިސިކް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި އެޓަލާންޓާގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ މިޑްފިލްޑަރު މާރިއޯ ޕަސަލިކް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަޔާން މިޔުނިކްގެ މައިކަލް އޮލިސޭ އެވެ.
މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




