
އަލްވަރޭޒްގެ ދެލަނޑާއެކު ޓޮޓެންހަމް އަތުން އެތްލެޓިކޯ މެޑްރިޑަށް ފަސޭހަ މޮޅެއް
# ޔުއެފާ ޗެމްޕިއަންސްލީގު# އެތްލެޓިކޯ މެޑްރިޑް# ޓޮޓެންހަމް# ބޭރު ދުނިޔޭގެ ކުޅިވަރުޓޮޓެންހަމް އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި 5-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް އެތްލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މުބާރާތުގެ ލީގުބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16 ގެ ޖާގައެއް ޓޮޓެންހަމް އިން ހޯދިއިރު، އެތްލެޓިކޯ މެޑްރިޑް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި 7-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބެލްޖިއަމްގެ ކުލަބް ބުރޫޖް ބަލިކުރުމަށްފަހު އެވެ.
މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ 15 މިނެޓުތެރޭގައި އެތްލެޓިކޯ މެޑްރިޑުން ތިން ލަނޑުގެ ލީޑެއް ހޯދިއިރު، އޭގެ ތެރެއިން ދެލަނޑަކީ ޓޮޓެންހަމްގެ ޒުވާން ކީޕަރު އެންޓޮނިން ކިންގްސްކީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެތްލެޓިކޯ އިން ކާމިޔާބުކުރި ދެލަނޑެވެ.
މިއާއެކު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޓޮޓެންހަމް އިން އެޓީމުގެ ކީޕަރު ކިންގްސްކީ ބަދަލުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރީޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޓޮޓެންހަމް އިން ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުންކުރެ ކޮންމެ ޓީމަކުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މާކޯސް ލޮރެންޓޭ، އެންޓޮއިން ގްރިޒްމަން އަދި ރޮބިން ލު ނޯމާންޑް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިމެޗުގައި ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ އަދި ޑޮމިނިކް ސޮލާންކޭ މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެތްލެޓިކޯ މެޑްރިޑްގެ ޖޫލިއަން އަލްވަރޭޒް އެވެ.
މީގެ އިތުރުން މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޓޮޓެންހަމްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުންހުރި

އެވަޓަން އާއި އެއްވަރުވެ ސިޓީއަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

ވިނީގެ ދެލަނޑާއެކު އެސްޕަނިއޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ސީޒަނުގެ ކުރީކޮޅު ރެލިގޭޓް ވެދާނެކަމަށް ބުނި ޔުނައިޓެޑުން، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ދެ ބަލިކޮށްފި




