
އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އައްޔަނުކުރި މުޖޮތަބާއަށް ފުރިހަމަ ތާއީދު އެބައޮތް - ނޯތު ކޮރެއާ
# އިރާންއިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އައްޔަނުކުރި އާޔަތުالله ސައްޔިދު މުޖޮތަބާ ޚާމަނާއީއަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ނޯތު ކޮރެޔާއިން ހާމަކޮށްފި އެވެ.

ނޯތު ކޮރެޔާގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ އީރާނުގެ އައު ލީޑަރަކަށް މޮޖްތާބާ ޚާމަނާއީ އައްޔަނުކުރުމާއިމެދު އެގައުމުގެ ފުރިހަމަ ރުހުން އޮތް ކަމަށާއި މުޖޮތަބާގެ ލީޑަރޝިޕަށް ނޯތުކޮރެޔާގެ ފުރިހަމަ ތާއީދުއޮތްކަން ހާމަކޮށްފައެވެ.
އަދި މިހާރު އެމެރިކާއާއި އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތައްވެސް ނޯތުކޮރެޔާގެ ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ނޯތު ކޮރެޔާއަކީ އަކީ އިރާނާއިއެކު އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމެވެ. އެގޮތުން ނޯތު ކޮރެޔާގެ އެމްބަސީތައް ހުންނަ މަދު ގައުމުތަކުގެ ތެރޭގައިވެސް އިރާނު ހިމެނެއެވެ.
މީގެ ކުރީން އިރާނުގެ ބައެއް މީޑިއާތަކުން ވަނީ އެމެރިކާއިން އިރާނަށް ދިން ހަމަލާއެއް އިރާނުގެ ތެހެރާނުގައި ހުންނަ ނޯޓުކޮރެޔާގެ އެމްބަސީއާއި ވަރަށް ކައިރި ސަރަހައްދަކަށް އަމާޒުވިކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ފުރިހަމައަށް ކަށަވަރުވެފައި ނުވެއެވެ.
ގުޅުންހުރި

އެމެރިކާގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން އޯމާން، ޤަޠަރު އަދި ޔޫއޭއީއަށް މިސައިލް ޙަމަލާތަކެއް ދީފި

އެމެރިކާއިން އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

އެމެރިކާއާއެކު އެކުލަވާލާ އެއްބަސްވުމުގައި މާދަމާ ސޮއެއް ނުކުރާނެ - އިރާން




