.jpeg&w=3840&q=75)
ހޯމުޒް ކަނޑުއޮޅިއަށް އެމެރިކާގެ ހަމަލާތަކެއް: ބުނީ ހަމަލާދިނީ ހޯމުޒް ކަނޑުއޮޅިއަށް މައިން އެޅުމުގެ މަސައްކަތް ކުރަމުންދިޔަ އިރާނުގެ މަނަވަރުތަކަކަށް ކަމަށް!
# އިރާންހޯމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ އިރާނުގެ 18 މަނަވަރަކަށް އެމެރިކާއިން ހަމަލާދީފި އެވެ.

މިކަން ހާމަކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓްރުތުގައި ކުރި ޕޯސްޓެއްގައި އެވެ.
ޓްރަމްޕް ޕޯސްޓުގައި ބުނީ އެމެރިކާއިން އިރާނުގެ އައިއާރްޖީސީއަށް ނިސްބަތްވާ "އިންއެކްޓިވް މައިން-ލޭއިން 10 އަށްވުރެ ގިނަ މަނަވަރު މުޅިން ނައްތާލާފައިވާ" ކަމަށެވެ. ޓްރަމްޕު މިފަދައިން ބުނެފައިމިވަނީ އީރާނާއި އޮމާނާ ދެމެދުގައި އޮތް ހޯމުޒް ކަނޑުއޮޅިއަށް ގޮވާތަކެތި (ކަނޑުގައި ބޭނުން ކުރާ މައިން) އަޅައި، އެ މަގު ބަންދު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތްކުރާކަމަށް ތުހުމަތުކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.
ޓްރަމްޕުގެ ޕޯސްޓަށް އިރުކޮޅެއްވެސް ނުވަނީސް އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ އެމެރިކާ ސިފައިން އީރާނުގެ ކަނޑުގެ ސިފައިންގެ އެތައް އުޅަނދެއް ނައްތާލާފައިވާ ކަން އިއުލާނުކޮށްފައެވެ. އެގޮތުން ހަމަލާދިނީ ކިތަށް މަނަވަރަށް ކަން ހާމަނުކުރި ނަމަވެސް އެމެރިކާއިން ވަނީ މި ހަމަލާގައި އެކަނޑުއޮޅިއަށް މައިން އެޅުމުގައި ހަރަކާތްތެރިވި 16 ބޯޓެއްވެސް ފައްތާލާފައިވާ ކަން ހާމަކޮށްފައެވެ.
ހޯމުޒް ކަނޑުއޮޅިއަކީ ގަލްފް ކަނޑާއި އޮމާން ކަނޑު އަދި ޢަރަބި ކަނޑު ގުޅައިދޭ، ގިނަ އަދަދެއްގެ މުދާ އުފުލުމަށް ބޭނުން ކުރާ މައި މަގެކެވެ. ވަކީން ޚާއްސަކޮށް މި ކަނޑުއޮޅިއަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދޭން މެދުއިރުމަތީން ބޭނުންކުރާ މައި ކަނޑުއޮޅިއެވެ.
ގުޅުންހުރި

ހަނގުރާމައިގެ ބޮޑު ރެޔެއް: އިރާނުގެ މިސައިލެއް އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް އަރައިފި

އިޒްރޭލަށް މިރޭ ދެމުންމިދަނީ އެންމެ ވަރުގަދަ ހަމަލާތައް، ހުއްޓުމެއްނެތި 3 ގަޑިއިރަށް ހަމަލާތައް ދޭނަން - އިރާން

އިރާނުގެ ކާމިޔާބު މިސައިލް ހަމަލާތަކެއް އިޒްރޭލުގެ ތެލް އަވީވްއަށް: ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްކޮށްލައިފި

.gif&w=3840&q=75)



