logoEN
PNC TOP 3
އިރާނުގެ ހަމަލާތަކުގައި މިހާތަނަށް 140 އަށްވުރެ ގިނަ ސިފައިން ޒަހަމްވެއްޖެ - އެމެރިކާ

އިރާނުގެ ހަމަލާތަކުގައި މިހާތަނަށް 140 އަށްވުރެ ގިނަ ސިފައިން ޒަހަމްވެއްޖެ - އެމެރިކާ

އަހުމަދު ޝުރާއު

logo

3/10/2026, 10:07:07 PM

# އިރާން

މެދުއިރުމަތީގައި މިހާރު ހިނގަމުން ހަނގުރާމާގައި މިހާތަނަށް އެމެރިކާގެ 140 އަށްވުރެ ގިނަ ސިފައިން ޒަހަމްވެފައިވާކަން އެގައުމުން ހާމަކޮށްފި އެވެ.

PNC MID 2

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް އާއި ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ރިޕޯޓުކުރާ ގޮތުގައި އިރާނުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މެދުއިރުމަތީގެ ބޭސްތަކުގައި ހަރަކާތްތެރިވަމުންދާ 140 ސިފައިން ވަނީ ޒަހަމްވެފައި އެވެ. އެގޮތުން 8 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަންވެސް އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވެސް ވަނީ އިރާނުގެ ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 150 އެއްހާ ސިފައިން ޒަހަމްވި ކަން ކަށަވަރުކޮށްދީފައި އެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ގުޅިގެން މިދިޔަ މަހު 28 ވަނަ ދުވަހު އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވެއެވެ. މި ހަމަލާތަކުގައި އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީވެސް އަވަހާރަކޮށްލާފައިވާއިރު އިރާނުން ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް އިޒްރޭލަށާއި މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށާއި ސިފައިންނަށް އަމާޒުކޮށް ދީފައި އެވެ.

އިރާނުގެ ހަމަލާތަކުގައި މިހާތަނަށް އެމެރިކާގެ 7 ސިފައިން މަރުވިކަންވެސް އެމެރިކާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC