logoEN
PNC TOP 3
ރަށުން ބޭރުގައި ގަލަތަސަރާއި އަތުން ލިވަޕޫލް ބަލިވެއްޖެ

ރަށުން ބޭރުގައި ގަލަތަސަރާއި އަތުން ލިވަޕޫލް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

3/10/2026, 7:39:29 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ލިވަޕޫލް# ގަލަތަސަރާއީ

ލިވަޕޫލް އާއި ގަލަތަސަރާއި ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގުގައި މިރޭ ރަށުން ބޭރުގައި ތުރުކީގެ ގަލަތަސަރާއި އަތުން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެއެވެެ.

PNC MID 2

މުބާރާތުގެ ލީގުބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ލިވަޕޫލް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދިއިރު. ގަލަތަސަރާއި ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ޕްލޭއޮފްގައި އިޓަލީގެ ޔުވެންޓަސް 5-7 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ގަލަތަސަރާއީ އިންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގަލަތަސަރާއީ އިން ލީޑުހޯދީ ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މާރިއޯ ލެމިނާއެވެ. މިއީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓަރ އޮސިމެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުންް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އަދި ގަލަތަސަރާއީގެ ފޯވާޑް ވިކްޓަރ އޮސިމެން ކާމިޔާބުކުރި ލަނޑުތައް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ކެންސަލްކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ގަލަތަސަރާއި ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC