
މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އިރާނުން ދެމުންދާ ހަމަލާތަކުގައި ކުވެއިތަށް ދިން ހަމަލާތަކުގެ ރައްދުގައި ކުވެއިތުންވެސް އިރާނަށް ހަމަލާތަކެއް ދިފާނެ ކަމުގެ އިޝާރާތެއް އެގައުމުގެ އަމީރު ދެއްވައިފި އެވެ.

އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ވަރުގަދަ ހަމަލާތަކެއްދީ އެގައުމުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައި އެވެ. މިއާއިއެކު އިރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް ފަށައި އިރާނަށް ހަމަލާތައް ދިނުމަށް އެމެރިކާއިން ބޭނުންކުރި މެދުއިރުމަތީގެ ބޭސްތަކަށް ހަމަލާތައް ހުއްޓުމެއްނެތި ދަނީ ދެމުންނެވެ. މި ހަމަލާތައް މެދުއުރުމަތީގެ ގިނަ ގައުމުތަކަށް އަމާޒުވެފައިވާއިރު ބައެއް ގައުމުތަކުން މީހުން މަރުވެސް ވެފައިވެއެވެ. އޭގެ ތެރެއިންވެސް އެއްގައުމަކީ ކުވެއިތެވެ.
އިރާނުގެ ހަމަލާތަކާއި އެހަމަލާތަކާއި ގުޅިގެން ދެން އަމަލުކުރާނެ ގޮތް ހާމަކުރައްވައި މިއަދު ކުވެއިތުގެ އަމީރު ޝެއިޚް މިޝާލް އަލް އަޙްމަދު އަލް ޖާބިރު އަލް ޞަބާޙް ވިދާޅުވީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ ހައްގު ކިތަންމެ ގާތް ގައުމަކަށް ވިޔަސް ނޯންނާނެ ކަމަށާއި ކުވެއިތަށް ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާނަށް ހަމަލާދިނުމަށް ކުވެއިތުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ދީފައި ނުވަނީސް ކަމަށެވެ.
އަދި ސަރަހައްދީ ފިތުނަތައް އިތުރުވަމުންދާކަންވެސް ހާމަކުރައްވައި އަމީރު ވަނީ ކުވެއިތުގެ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅައި އާންމުންގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމާބެހޭ އިދާރާތަކަށްވެސް މިހާރު އަންގަވާފައިވާނެ ކަމަށެވެ.
އަދި ކުވެއިތުގެ ރައްޔިތުން މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައި، އަމީރު ވަނީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައި އެވެ.
ބަދަލު ހިފުމަށް އިރާނަށް ހަމަލާތަކެއް ދޭނެކަމުގެ ނުސީދާ އިޝާރާތެއް ދެއްވަމުން އަމީރު އިތުރަށް ވިދާޅުވީ ކުވެއިތުގެ އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ހައްގު އދ ގެ ޗާޓަރުގެ 41 ވަނަ މާއްދާއިން އެގައުމަށް ލިބިގެންވާ ކަމަށެވެ.
ގުޅުންހުރި

ކުވެއިތުން އިރާނަށް ހަމަލާތަކެއް ދީފާނެ ކަމުގެ އިޝާރާތެއް!

ޔޫރޭނިއަމް އަތުލައިގަތުމުގެ ނިޔަތުގައި އެމެރިކާގެ އެލީޓް ފޯސްއެއް އިރާނަށް އެއްގަމުމަގުން ވަނުމަށް ތައްޔާރުވަނީ

އިރާނުން ކުވެއިތަށް ދިން ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރާލައިފި

.gif&w=3840&q=75)



