
ޔޫރޭނިއަމް އަތުލައިގަތުމުގެ ނިޔަތުގައި އެމެރިކާގެ އެލީޓް ފޯސްއެއް އިރާނަށް އެއްގަމުމަގުން ވަނުމަށް ތައްޔާރުވަނީ
# އިރާންއިރާނަށް އެއްގަމުމަގުން ވަދެގަތުމަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޯޑަރަށް އެގައުމުގެ ސިފައިންގެ ޚާއްސަ ފޯސްއެއް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްކައިނިއުސްއިން ރިޕޯޓުކުރާ ގޮތުގައި އިރާނުގެ ބޮން ގްރޭޑް ޔޫރޭނިއަމް އަތުލުމަށް އެމެރިކާ ސިފައިންގެ އެލީޓް ފޯސްއެއް އިރާނަށް އެއްގަމުމަގުން ފޮނުވުމަށް ޓްރަމްޕު ވަނީ މިހާރު ނިންމަވާފައި އެވެ. ނަމަވެސް އަދި މި މިޝަންގެ ފުރިހަމަ އޯޑަރު ޓްރަމްޕު ނުދެއްވާ ކަމަށްވެސް ސްކައިނިއުސްގެ މަސްދަރުތަކާއި ހަވާލާދީ އެނޫހުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މިފަދަ އަޑުތަކެއް ފެތުރިފައިވަނިކޮށް ޑިޕްލޮމެޓިކް ތިން މަސްދަރަކުން ބްލޫމްބާގް ނިއުސްއަށް ވަނީ އިރާނުގެ ނިއުކްލިޔާ ޔޫރޭނިއަމް ސްޓޮކްޕައިލް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށާއި މިކަމުގެ ކަންބޮޑުވުން އެމެރިކާއަށް އިންތިހާއަށް އޮތް ކަމަށް ބުނެފައި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ އެމެރިކާއިން އިރާނުގެ ޔޫރޭނިއަމް އަތުލައިގަތުމަށް ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް މީގެ ކުރީންވެސް ދީފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މިފަދަ އޮޕަރޭޝަނަކަށް އެމެރިކާގެ އެލީޓް ފޯސްތަކެއްގެ ސިފައިން އަންނަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އިރާނާއި އިރާގު ގުޅޭ ބޯޑަރު ސަރަހައްދުގައި ސިއްރިއްޔާތުގައި ހަރަކާތްތެރިވަމުންނެވެ.
އެމެރިކާއާއި އިޒްރޭލުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ހަމަލާދޭން ފެށީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އދ ގެ ނިއުކްލިއާ މައި އިދާރާއިން ވަނީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައި އެވެ.
ގުޅުންހުރި

ޔޫރޭނިއަމް އަތުލައިގަތުމުގެ ނިޔަތުގައި އެމެރިކާގެ އެލީޓް ފޯސްއެއް އިރާނަށް އެއްގަމުމަގުން ވަނުމަށް ތައްޔާރުވަނީ

އިރާނުން ކުވެއިތަށް ދިން ހަމަލާއެއްގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރާލައިފި

އައު ސުޕްރީމް ލީޑަރު މުޖޮތަބާ ހުންނެވީ ވަރަށް ރައްކާތެރި ތަނެއްގައި - ރިޕޯޓު

.gif&w=3840&q=75)



