logoEN
PNC TOP 3
އައު ސުޕްރީމް ލީޑަރު މުޖޮތަބާ ހުންނެވީ ވަރަށް ރައްކާތެރި ތަނެއްގައި - ރިޕޯޓު

އައު ސުޕްރީމް ލީޑަރު މުޖޮތަބާ ހުންނެވީ ވަރަށް ރައްކާތެރި ތަނެއްގައި - ރިޕޯޓު

އަހުމަދު ޝުރާއު

logo

3/8/2026, 9:48:30 PM

# އިރާން

-

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އާޔަތުﷲ މުޖޮތަބާ ޚާމަނާޢީ އައްޔަނުކުރިކަން އިއުލާނުކުރުން ލަސްކުރީ އެމަނިކުފާނު ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށްޓަކައި ކަމަށް ރިޕޯޓުތަށް ބުނެފިއެވެ.

PNC MID 2

އިތުބާރުހުރި މަސްދަރުތަކާއި ހަވާލާދީ ހަވާލާދީ އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އައު ސުޕްރީމް ލީޑަރު މިވަގުތު ހުންނެވީ ވަރަށް ރައްކާތެރި ސަރަހައްދެއްގައި އެވެ. އެގޮތުން އެމެރިކާއިން މީގެ ކުރީން ވަނީ އިރާނުގެ ސުޕްރީމް ލީޑަރަކަށް އަންނަ ބޭފުޅަކަށްވެސް އެމަގާމުގައި މާގިނަ ދުވަސްތަކެއް ނުހުރެވޭނެ ކަމަށާއި އެމީހަކު އަވަހާރަކޮށްލާނެ ކަމުގެ ސީދާ އިންޒާރު ދީފައި އެވެ.

މިއާއިއެކު އިރާނުގެ ސުޕްރީމް ލީޑަރަކު އިންތިހާބު ކުރުމަށް ބޭއްވި އެސެމްބްލީ އޮފް އެކްސްޕާޓްސް ބައްދަލުވުންވެސް ބާއްވާފައިވަނީ ފުރިހަމަ ސެކިއުރިޓީއާއިއެކު ސިއްރު ސަރަހަދެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން އިންތިހާބުކުރި އާޔަތުالله މޮޖްތާބާ ޚާމަނާއީ އަކީ ދިގު މުއްދަތަކަށް އިރާނުގެ ވެރިކަން ކުރެއްވި އާޔަތުالله އަލީ ޚާމަނާއީގެ ދެވަނަ ފިރިހެން ދަރިކަލުންނެވެ. އަދި އޭނާއަކީ އީރާނުގެ ބާރުގަދަ ސިފައިންގެ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާއި ބަސީޖް ފައުޖާ ގާތް ގުޅުމެއް އޮންނަ، ނުފޫޒުގަދަ ބޭފުޅެކެވެ.

އަލީ ޚާމަނާނީ އަވަހާރަކޮށްލާފައިވަނީ މިމަހުގެ ކުރީކޮޅު އެމެރިކާ އިސްވެ އޮވެ އިސްރާއީލާއި ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާއެއްގައި އެވެ. މިއާއިއެކު ފާއިތުވި ދުވަސްތަކުގައި އެގައުމުގެ ހިންގުން ހަވާލުކޮށްފައި އޮތީ ތިން މެމްބަރުންގެ ލީޑަރޝިޕް ކައުންސިލަކަށާއިއެވެ. އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އެގައުމުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން އެގައުމުގެ އިސް ދިނީ އިލްމުވެރިއެކެވެ.

މިއަދު އައު ސުޕްރީމް ލީޑަރަކަށް އެގައުމުގެ ދީނީ އިލްމުވެރިންގެ އިސް މަޖިލީހުން އިންތިހާބުކުރި މޮޖްތަބާއަކީ އެމަގާމަށް އަންނާނެ ކަމަށް އެމެރިކާއިންވެސް އެންމެ ލަފާކުރި އެއް ބޭފުޅާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC